ދިވެހި 5 ފުލުހަކު އިންޑިއާގެ ޕޮލިސް އެކަޑަމީން ދަސްވެނިވެއްޖެ

ދިވެހި 5 ފުލުހަކު އިންޑިއާގެ ޕޮލިސް އެކަޑަމީން ދަސްވެނިވެއްޖެ

Author
އަހުމަދު
18 އޮކްޓޯބަރ 2026 12:48
0

އިންޑިއާގެ ހައިދަރާބާދުގައި ހުންނަ ސަރްދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީ (އެސްވީޕީއެންޕީއޭ) ގެ 78 ވަނަ އިންޑިއަން ޕޮލިސް ސަރވިސް ޓްރޭނިންގ ކޯސް، ދިވެހި ފުލުހުންގެ ޚިދުމަތުގެ 5 އޮފިސަރަކު ކާމިޔާބުކަމާއެކު ނިންމައިފިއެވެ. މި އޮފިސަރުންގެ ތެރޭގައި އަންހެން އޮފިސަރަކުވެސް ހިމެނެއެވެ.

ހޮނިހިރު ދުވަހު ބޭއްވުނު ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެކަޑަމީގެ ރަސްމީ ދަޢުވަތަކަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުގައި ކޮމިޝަނަރު، އިންޑިއާގެ ޔޫނިއަން ހޯމް ސެކްރެޓަރީ ގޯވިންދު މޯހަން އާއި އެކަޑަމީގެ ޑިރެކްޓަރ ސުޖީތު ޕާންޑޭއާ ވަކިވަކިން ބައްދަލުކުރެއްވިއެވެ. ޑިރެކްޓަރާ ކުރެއްވި ބައްދަލުކުރެއްވުމުގައި، ކުރިމަގުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމާއި ދިވެހި އޮފިސަރުންނަށް ލިބޭ ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން، ބައްދަލުކުރެއްވުމުގައި ހަނދާނީ ފިލާވެސް ބަދަލުކުރެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.