11 އަހަރުފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް

11 އަހަރުފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް

Author
އަހުމަދު
11 އޮކްޓޯބަރ 2026 01:38
0

 

ރައީސް ޑރ. މުހައްމަދު މުއިއްޒު، މި މަހުގެ 20 އިން 23 އަށް ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ. މިއީ 11 އަހަރުގެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޕާކިސްތާނުގެ ސަރުކާރުން ބުނާ ގޮތުގައި، ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅިގެން އެގައުމުގެ ނައިބު ބޮޑުވަޒީރު އަދި ބޭރުގެ ވަޒީރު ސެނެޓަރު މުހައްމަދު އިސްހާގު ދާރު، ރާއްޖޭގެ ބޭރުގެ ވަޒީރާ ފޯނުން މަޝްވަރާ ކުރައްވާފައިވެއެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެ މަޝްވަރާގައި ދެފަރާތުން އެއްބަސްވެފައިވެއެވެ.

ރާއްޖޭގެ ރައީސަކު އެންމެ ފަހުން ޕާކިސްތާނަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ މެއި މަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ ދަތުރުފުޅުގައި ކުޅިވަރު، ސިއްހަތު، ތައުލީމު އަދި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ދާއިރާތަކުން ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

1966 ވަނަ އަހަރު ހާރިޖީ ގުޅުން ގާއިމުކުރި ދެ ގައުމުގެ އެއްބާރުލުން ބަލައި، އާ ދާއިރާތަކަށް ފުޅާކުރުމަށް މި ދަތުރުފުޅަކީ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއެވެ. ނަމަވެސް ދަތުރުފުޅުގެ ތަފްސީލު ދިވެހި ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.