ކުދިމަގޫގެ އަގު ދަށްކޮށް، އެމްއައިބީން އަލުން ނީލަމަށް ލައިފި

ކުދިމަގޫގެ އަގު ދަށްކޮށް، އެމްއައިބީން އަލުން ނީލަމަށް ލައިފި

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 08:57
0

މާލޭ ނިކަގަސްމަގުގައި ހުންނަ މއ. ކުދިމަގޫގެ ވިއްކުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ތިންވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ. މިފަހަރު ނީލަން ފެށޭނީ 9،650،000 ރުފިޔާއިންނެވެ. މިދިޔަ ޖުލައި މަހު އެ ގެ ނީލަމަށް ލާފައިވަނީ 12 މިލިއަން ރުފިޔާއަށެވެ.

830 އަކަފޫޓުގެ ބިމާއި އިމާރާތް ވިއްކުމުގެ ހުއްދަ ސިވިލް ކޯޓުން އެމްއައިބީއަށް ދިނީ ވޭތުވެދިޔަ ޑިސެމްބަރު މަހުއެވެ. އެއީ ގެ ރަހުނުކޮށްގެން ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ލޯނު އަނބުރާ ނުދެއްކުމުންނެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ ހޯމަ ދުވަހު މެންދުރު 1:00 ގައެވެ. ސުންގަޑި ހަމަވުމާއެކު ހާޒިރުވާ ފަރާތްތަކުގެ ކުރިމަތީގައި ސިޓީތައް ހުޅުވައި އެންމެ މަތީ އަގު އިއުލާނުކުރާނެއެވެ. އޭގެ ފަހުން، އެ ވަގުތު ހާޒިރުވެ ތިބޭ ފަރާތްތަކަށް އަގު މައްޗަށް ހުށަހެޅޭނީ މަދުވެގެން ފަސް ލައްކަ ރުފިޔާ އިތުރުކޮށްގެންނެވެ.

ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. އޭގެ ނަމޫނާ އެމްއައިބީގެ ވެބްސައިޓުން ލިބޭނެއެވެ. އިތުރު މަޢުލޫމާތަށް [email protected] އަށް ގުޅުއްވުމަށް ބޭންކުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.