ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

Author
ހުސައިން
14 އޭޕްރިލް 2026 05:50
0

ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ތެރެއިން އިންކަމް ޓެކުހުގެ ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނެވެ. މި ފަރާތްތަކުގެ ނަންތައް އާންމުކޮށްފައިވަނީ، ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް މީރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. މި ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ކުރިން، އެ ފަރާތްތަކަށް ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް ޓެކްސް ނުދެއްކުމުން ކުރިމަތިވެދާނެ ޤާނޫނީ އަދަބުތަކާއި ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އެއްވެސް ތަފާތުކުރުމެއް ނެތި އިތުރު ފިޔަވަޅުތައް އަޅަމުންދާނެކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި ވީ އެންމެ އަވަހަކަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފައިވާއިރު، އެއްފަހަރާ ފައިސާ ދައްކަން އުޒުރުވެރިވާ ފަރާތްތަކަށް މީރާއާއެކު ވާހަކަދައްކައިގެން އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.