މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ށ. ނޫމަރާ އަދި ށ. މާއުނގޫދޫގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން، ފެނުގެ ވިއުގަ ގާއިމްކުރުމަށް ބޭނުންވާ މައިގަނޑު ސާމާނުތައް އެ ރަށްރަށަށް ފޮނުވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
Sh. Noomaraa & Sh. Maungoodhoo Water and Sewerage Projects:
Materials required for water network works have been loaded and will ship shortly to their sites pic.twitter.com/uqNTsKG1Ex— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) March 21, 2026
އެމް.ޑަބްލިއު.އެސް.ސީ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދެ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން މެޓީރިއަލްސް މިހާރު ވަނީ އުޅަނދުތަކަށް ބަރުކުރެވިފައެވެ. އަދި ވަރަށް އަވަހަށް މި ތަކެތި ޕްރޮޖެކްޓް ސައިޓުތަކަށް ގެންދެވޭނެއެވެ.
މި ތަކެތި ސައިޓަށް ގޮސް އަމަލީ މަސައްކަތް ފެށުމާއެކު، މި މަޝްރޫޢުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެއެވެ. ށ. ނޫމަރާ އަދި ށ. މާއުނގޫދޫގައި ކުރިއަށްދާ މި މަޝްރޫޢަކީ އެ ދެ ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ޒަމާނީ ނަރުދަމާގެ ނިޒާމެއް ފޯރުކޮށްދިނުމަށް ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ