އާމްދަނީ ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

އާމްދަނީ ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

Author
އަހުމަދު
04 ފެބްރުއަރީ 2026 07:24
0

2024 ވަނަ އަހަރު އާމްދަނީން ނަގާ ޓެކްސް ނުދައްކާ ތިބި 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކުރި މި ލިސްޓުގައި ހިމެނެނީ، މިދިޔަ އަހަރު ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް ލައްކަ ރުފިޔާއަށްވުރެ އިތުރު އަދަދެއް ދަޢުލަތަށް ނުދައްކާ ހުރި ވިޔަފާރިތަކާއި ފަރުދުންނެވެ. އެ އޮތޯރިޓީން ހާމަކުރި ގޮތުގައި، ނަންތައް އާންމުކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ވަނީ އެކަން އަންގާފައެވެ. އަދި ޓެކްސް ނުދެއްކުމުން ޤާނޫނީ ގޮތުން ކުރިމަތިލާންޖެހޭނެ އަދަބުތަކާއި އެޅިދާނެ ފިޔަވަޅުތައްވެސް އެ ފަރާތްތަކަށް ސާފުކޮށްދީފައިވާނެ ކަމަށް މީރާއިން ބުނެއެވެ.

ދަޢުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުން ގެންދާނެކަމުގެ އިންޒާރުވެސް އެ އިދާރާއިން ވަނީ ދީފައެވެ. އެހެންކަމުން، މިހާތަނަށް ބަޔާން ހުށަނާޅާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ބަޔާން ހުށަހެޅުމަށާއި، ފައިސާ ނުދައްކާ ފަރާތްތަކުން ލަސްނުކޮށް ފައިސާ ދެއްކުމަށް ނުވަތަ މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.