ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅު މަގުން މީހަކު ވެއްޓިފައި އޮތް މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 9 ޖަހާކަށްހާ އިރު ކަމަށް އެ އިދާރާއިން ބުނެފިއެވެ. ވެއްޓިފައި އޮތީ ބަންގްލަދޭޝް ރައްޔިތަކަށް ވާތީ، ފަރުވާދިނުމަށް އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ހޮސްޕިޓަލުން ދިން މައުލޫމާތުގައި އެމީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެމީހާ ވެއްޓުނީ ކިހިނެއްތޯ، އަދި ވެއްޓުމުގައި ކޮންމެވެސް ވަރެއްގެ އަނިޔާވި ކަމެއް ނުވަތަ ނޫންތޯ މިހާތަނަށް ސާފެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެމީހާ އެމްބިއުލޭންސްއަށް އަރުވައި ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރެވެ.
ކޮމެންޓު ފޮނުވާ