ޣައްޒާ އާރާސްތު ކުރުމަށް އަރަބި ލީގުން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔައިފި

ޣައްޒާ އާރާސްތު ކުރުމަށް އަރަބި ލީގުން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔައިފި

Author
ހުސައިން
06 މާރޗް 2025 12:40
0

ފަލަސްތީނުގެ ޣައްޒާ އާރާސްތު ކުރުމަށް މިސްރުން އަރަބި ލީގުގައި ހުށަހެޅި ހުށަހެޅުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އަރަބި ލީގުގެ ބައްދަލުވުމުގައި، ތިން މަރުޙަލާއަކަށް ބަހާލައިގެން 53 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ޣައްޒާ އާރާސްތު ކުރުމަށް ވަނީ ނިންމާފައެވެ.

އަރަބި ލީގުން މި ނިންމުން ނިންމާފައިވަނީ، ޣައްޒާ ހިފައި އެތަން ތަރައްޤީ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

މި ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޣައްޒާ އާރާސްތު ކުރުމުގެ ޕްލޭނުގެ ދަށުން ކުރެވޭ މަސައްކަތަކީ ޣައްޒާގެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ފަދަ މިނިވަން ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެއިތުރުން، ޣައްޒާ އާރާސްތުވެގެން ދިއުމާއެކު 1967 ގެ ކުރިން ފަލަސްތީނުގެ އިރުމަތީ ގުދުސް އަކީ އެ ޤައުމުގެ ވެރިކަން ކުރާ ރަށް ކަމަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިނިވަން ދައުލަތެއްގެ ގޮތުގައި ވުމަށް ލިބޭ ބާރަކަށް މިކަން ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ޚަލީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.