އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރާ ސްޓިކާ ބަދަލޮކޮށް މާދަމާއިން ފެށިގެން އޮންލައިންކޮށް ސްޓިކާ ލިބޭނެ އިންތިޒާމް މީރާއިން ހަމަޖައްސައިފިއެވެ.
މީރާއިން ބުނީ މާދަމާއިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކާ ލިބޭނެކަމަށެވެ. އަދި އޮންލައިންކޮށް މީރާއިން ދޫކުރާ ސްޓިކާ އަމިއްލައަށް ޕްރިންޓް ކޮށްގެން ބޭނުންކުރެވޭނެ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ.
މީގެ އިތުރުން އެއްގަމު އުޅަނދުގެ އަހަރީ ފީ، އެއޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް ޕްރިންޓްކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ ހަމަ މި ސްޓިކާކަމަށް މީރާއިން ހާމަކުރެއެވެ.
MIRA News Update – Digital Stickers for Vehicle Annual Fee Payments.
From 1st January 2021 onward, digital stickers will be issued via email for vehicle annual fee payments made online. pic.twitter.com/OHRsuN9FUR— MIRA (@MIRAmaldives) December 30, 2020
އެހެންނަމަވެސް މިއަދުގެ ނިޔަލަށް ވެހިކަލް ފީ ދައްކާ ފަރާތްތަކަށް، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކާ، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެކަމަށްވެސް މީރާއިން ބުނެއެވެ.
އަހރީ ފީ ސްޓިކާއަށް މި ގެނެވުނު ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވުމުގެ އިތުރުން ސްޓިކާގައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ކަމާބެހޭ އިދާރާތަކުން ބޭނުންވެއްޖެ ހިނދެއްގައި ސްޓިކާގެ ސައްޚަކަމާއި، ވެހިކަލް ފީ ދައްކައިފައިވާކަން ޔަގީންކުރުމަށްވެސް ލުއިފަސޭހަ ވެގެން ދާނެ ކަމަށް މީރާއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ