ފާޑުކިއުން އަމާޒުވާން ފެށުމުން، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ބަލަމުންދާކަމަށް އެޗްއާރުސީއެމްއިން ބުނެފި

ފާޑުކިއުން އަމާޒުވާން ފެށުމުން، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ބަލަމުންދާކަމަށް އެޗްއާރުސީއެމްއިން ބުނެފި

Author
ހުސައިން
23 ފެބްރުއަރީ 2025 09:51
0

ހޮޅުދޫ މާރަނގަ ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި އެޗްއާރުސީއެމްއިން މައްސަލަ ބަލަމުންދާކަން އަންގައިދޭ ދެ ބަޔާނެއް ވިދިވިދިގެން ނެރެފިއެވެ.

ޒަކިއްޔާގެ އާއިލާއިން މިދިޔަ ޖެނުއަރީ މަހު އެޗްއާރުސީއެމްއާ ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެން، އެ މައްސަލައިގެ ތަހުގީގު ފަށައި، ކަމާގުޅޭ އިދާރާތަކުން އަމަލުކޮށްފައިވާގޮތް ބަލަމުންދާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. މިވަގުތު ފުލުހުން ދިން މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެޗްއާރުސީއެމްއިން ހާމަކޮށްފައިވެއެވެ.

ރަށުގެ ގިނަ ރައްޔިތުން ދެކޭގޮތުގައި ޒަކިއްޔާވަނީ މަރާލާފައެވެ. މިގޮތަށް ގަބޫލުކުރަނީ ޒަކިއްޔާ ފެނުނު ގުދަނުން ލޭ ހުރި ވަޅިއެއް ފެނުމާއި، ފުލުހުން ފާހަގަކުރިގޮތުގައި އޭނާގެ ކަރުގައި ވަޅި އަޅާފައި ހުރުމުންނެވެ. ނަމަވެސް މިދިޔަ ޑިސެމްބަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވަނީ މަރާލިކަމުގެ ހެއްކެއް ނުފެންނަ ކަމަށާއި، އޭނާގެ ހަށިގަނޑުން އެހެން މީހެއްގެ ފަރާތުން ލިބުނު އަނިޔާއެއްވެސް ފެނިފައިނުވާ ކަމަށެވެ.

އެހެންނަމަވެސް މަރާލިކަމެއް ނުވަތަ މަރުވިކަމެއް ނިންމުމަށްފަހު މައްސަލަ ފައިލްކުރާނެކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.