ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސްކުރުމަށް ގޮވާލާ ގިނަ އަދަދެއްގެ ބަޔަކު ހޮޅުދޫގައި މުޒާހިރާ ކޮށްފި

ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސްކުރުމަށް ގޮވާލާ ގިނަ އަދަދެއްގެ ބަޔަކު ހޮޅުދޫގައި މުޒާހިރާ ކޮށްފި

Author
ހުސައިން
22 ފެބްރުއަރީ 2025 08:54
0

ހޮޅުދޫގައި މިދިޔަ އަހަރު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު އަވަސްކުރުމަށް ހޮޅުދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާގެ ކަރުގައި ޒަހަމްތަކެއް ހުރިކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއަދުގެ އިހުތިޖާޖުގައި ބައިވެރިން ވަނީ ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، އަދި މިމައްސަލައިގެ ތަހުގީގާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކުރުމަށްވެސް ގޮވާލާފައިވެއެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ހޮޅުދޫ ޕޮލިސް ސްޓޭޝަންގެ ކުރިމައްޗަށްވެސް އެއްވެ އިހުތިޖާޖުކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ތެރެއިން ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައިއާ ހިއްސާކޮށް، އެފަރާތުގެ އެހީތެރިކަން ހޯދަމުން އަންނަކަމަށް ދާދިފަހުން ބުނެފައިވެއެވެ. މީގެ ކުރިންވެސް ޒަކިއްޔާގެ މަރާ ގުޅިގެން އިންސާފު އަވަސްކޮށްދިނުމަށް އެދި ހޮޅުދޫގައި އެކި ފަހަރުމަތިން އެއްވުންތައް ބާއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.