ވެމްކޯގެ ހިދުމަތް އިތުރު ރަށަކަށް ފުޅާ ކޮށްފިއެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އިއްޔެ ވަނީ ކ. ގުޅީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
މި ހިދުމަތް އިފްތިތާހުކުރެވުނީ، "ފައްޓަމާ އާޢިލީ ހަވީރު" ގެ ނަމުގައި ބޭއްވި ހާއްސ އިވެންޓެއްގައެވެ. މިއީ ވެމްކޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.