ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ތަހްލީލު ކުރުމަށް މާލެ ގެނެސްފި

ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ތަހްލީލު ކުރުމަށް މާލެ ގެނެސްފި

Author
ޙަސަން މުޙައްމަދު
11 ސެޕްޓެމްބަރ 2024 10:54
0

ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ތަހްލީލު ކުރުމަށްޓަކައި ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެވިފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ޒަޚަމްތަކަކާ އެކު ހޮޅުދޫގެ ގެއެއްގައި ޒަކިއްޔާ މަރުވެފައި އޮތްކަމުގެ މަޢުލޫމާތު ހެނދުނު ލިބުމާ ގުޅިގެން، ފުލުހުން ވަނީ އެ ގެއަށް ގޮސް އޭނާގެ ހަށިގަނޑު އެ ރަށުގެ ޞިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ޞިއްޙީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައިވާ ކަމަށެވެ. މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި މާލެއިން ފުލުހުންގެ ޚާއްޞަ ޓީމެއް އިއްޔެ ހޮޅުދޫއަށް ގޮސްފައިވެއެވެ.

މި ހާދިސާ ހިނގާފައި ވަނިކޮށް، މިއަދުގެ ވަގުތެއްގައި ކުޅުދުއްފުށީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިފައިވާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.