ޕާކިސްތާނާ ރާއްޖޭގެ ގުޅުން ދާނީ ވަރުގަދަ ވަމުން: ރައީސް

ޕާކިސްތާނާ ރާއްޖޭގެ ގުޅުން ދާނީ ވަރުގަދަ ވަމުން: ރައީސް

Author
ހުސައިން
14 އޮގަސްޓް 2024 12:53
0

ޕާކިސްތާނާ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ކުރިޔަށް އޮތް ތަނުގައިވެސް ދާނީ ވަރުގަދަ ވަމުން ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕާކިސްތާނުގެ މިނިވަން ދުވަހުގެ އުފަލުގައި ޕާކިސްތާނުގެ ރައީސް އަލީ ޒަރުދާރީއަށާއި، އެގައުމުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފްއަށާއި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

މި ތަހުނިޔާގެ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ދެގައުމުގެ މުސްތަގުބަލަށްވެސް އަދަށްވުރެ ފެހި މާދަމާއަކަށް އެދޭކަމުގައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.