މާލޭގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓު ކޮށްލަނީ

މާލޭގައި މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓު ކޮށްލަނީ

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ މާރާމާރީ ހިންގި ބިދޭސީން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމު 12:30 ހާއިރު މާރާމާރީ ހިނގީ ބިދޭސީ ދެ ގުރޫޕެއްގެ މެދުގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މާރާމާރީގައި ދެ ބިދޭސީ އަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާވެސް ހޯދާފައިވެ އެވެ.

މާރާމާރީ ހިންގި މީހުން ފުލުހުން ހައްޔަރުކުރި ނަމަވެސް މިރޭގެ ވަގުތެއްގައި މީގެތެރެއިން ހަ މީހަކު ފުލުހުންގެ އިދާރާ އިން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓްކުރުމަށް މިހާރު ވަނީ ނިންމާފައި.

އިމިގްރޭޝަނުން މިރޭ ބުނެފައިވެ އެވެ.

ރާއްޖޭގައި ހިންގާ ޖިނާއީ ކުށްތަކުގައި ބިދޭސީން ބައިވެރިވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ ވެ. އެހެންވެ ބިދޭސީން ގުޅޭ މިފަދަ ކަންކަމުގައި ފިޔަވަޅު އެޅުމަށް ޖެހިލުން ނުވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *