ހދ. ހަނިމާދޫއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ހަނިމާދޫއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Author
ހުސައިން
22 ޖޫން 2024 02:31
0

ހދ. ހަނިމާދޫއިން މަރުވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ. އޭނާއަކީ އެރަށުގައި ކޮޓަރިއެއް ކުއްޔަށް ހިފައިން ހުރި މީހެއްކަމަށް އެނގިފައި ވެއެވެ.

ހަނިމާދޫއިން ވާހަކަދެއްކި މީހަކު ބުނެފައިވަނީ މަރުވެފައި އޮއްވާ ފެނުނީ ހަނިމާދޫ ރައްޔިތެއް ނޫކަމަށެވެ. އެހެންނަމަވެސް އޭނާއަކީ އެރަށުގައި ދިިރިއުޅެމުންދާ މީހެއްކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުނެފައި ވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 64 އަހަރުގެ މާލޭގެ ރަށްވެއްސެކެވެ.

އެމީހާ މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން މިހާރުދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.