ސީޕްލޭން އެކްސިޑެންޓް ސިވިލްއޭވިއޭޝަން އޮތޯރިޓީން ތަހުގީގު ކުރަނީ

ސީޕްލޭން އެކްސިޑެންޓް ސިވިލްއޭވިއޭޝަން އޮތޯރިޓީން ތަހުގީގު ކުރަނީ

Author
ޙަސަން މުޙައްމަދު
09 ޖޫން 2024 10:28
0

ބ. އަތޮޅުގައި ވެސްޓިން މޯލްޑިވްސް މިިރިއަންދޫ ރިސޯޓަށް ޖައްސަން އުޅުނު ޓީއެމްއޭގެ ސީޕްލޭނެއް އެކްސިޑެންޓުވެ ހިނގި ހާދިސާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ބ. މިިރިއަންދޫ ރިސޯޓު ކައިރިއަށް ޖައްސަން އުޅުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް މިއަދުވަނީ އެކްސިޑެންޓު ވެފައެވެ،

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު 3:30 ހާއިރުއެވެ. އަދި މިހާދިސާ ހިނގިއިރު ސީޕްލޭންގައި 11 ޕަސެންޖަރުންނާއި 3 ކުރޫން ތިއްބެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބ.އަތޮޅު ރިސޯޓަކަށް ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސީޕްލޭން ދިޔަވަމުން އަންނަ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ބޯޓުގެ ފަހަތަށް ފެން ގަނޑު ވަދެފައިވާ މަންޒަރު ފެނެއެވެ. އަދި ބޯޓުގައި ތިބި މީހުން ލޯންޗަކަށް އަރުވާ މަންޒަރު ވެސް ފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.