އެމްޑީޕީން މަޖިލިސް ރައީސްކަމަށް ހުށަހެޅީ ނާޒިލްގެ ނަން، ނާއިބު ރައީސްކަމަށް މަރަދޫ ދީދީގެ ނަން

އެމްޑީޕީން މަޖިލިސް ރައީސްކަމަށް ހުށަހެޅީ ނާޒިލްގެ ނަން، ނާއިބު ރައީސްކަމަށް މަރަދޫ ދީދީގެ ނަން

ގުޅުންހުރި

މިހާރު ކުރިޔަށްދާ މަޖިލިސް ރައީސއާއި ނާއިބު ރައީސް އިންތިޚާބުކުރުމުގެ ޖަލްސާއަށް، އެމްޑީޕީގެ ފަރާތުން މަޖިލިސް ރައީސްކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަން އެމްޑީޕީން ހުށަހަޅައިފި އެވެ.

އަދި ނައިބު ރައީސްކަމަށް ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ. ދެބޭފުޅުންގެ ނަންވެސް ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދުއެވެ. މި ނަންތަކަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.

ވެރިކަންކުރާ ޕީއެންސީން މަޖިލިސް ރައީސްކަމަށް ހުށަހަޅާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲގެ ނަމެވެ. އަދި ނާއިބުރައީސްކަމަށް ހުށަހަޅާފައިވަނީ ދިއްގަރު ދާއިރާގެ މެމްބަރުން ނާޒިމްގެ ނަމެވެ.

މަޖިލިހުގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރާނީ މެމްބަރުންގެ މެދުގައި ބޭއްވޭ ސިއްރު ވޯޓަކުންނެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރު ކަމަށާއި މެންބަރުކަމުގައި މެދުނުކެނޑީ އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރެވެ.

ފާއިތުވި މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީންވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެހެންނަމަވެސް އޭގެ ތެރެއިން ގިނަ މެމްބަރުން ޕީއެންސީއަށް ސޮއި ކުރެއްވުމާއެކު ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރުވަނީ 76 އަށް އަރާފައެވެ.

އިނދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. ޖުމުހޫރީ ޕާޓީން މަޖިލިހަށް އިންތިޚާބުވި ގާސިމް އިބުރާހިމްއާއި، މީދޫ ދާއިރާއަށް އިންތިޚާބު އަހުމަދު ސިޔާމް މުހައްމަދުއާއި، ވެލިދޫ ދާއިރާއަށް އިންތިޚާބު އައްބާސްއާއި އަދި އެމްއެންޕީން އިންތިޚާބުވި ނާޒިމްއަކީވެސް ސަރުކާރާ އެކީ މަސައްކަތް ކުރައްވާނެ މެމްބަރުންނަށްވާތީ، 20 ވަނަ މަޖިލިހުގައި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް އޮންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ