14 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްގެން ޅިޔަނު ހައްޔަރުކޮށްފި

14 އަހަރުގެ އަންހެންކުއްޖަކު ރޭޕްކޮށްގެން ޅިޔަނު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
20 ޑިސެމްބަރ 2020 09:06
0

އއ.އުކުޅަހުގައި 14 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އަންހެންކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ޅިޔަނުކަމަށް ޚަބަރު އޮންލައިނަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެ ފިރިހެންމީހާ، އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރާތާ ދުވަސްތަކެއް ވެފައިވާކަމަށްވެސް މަޢޫލޫމާތު ލިބިފައިވެއެވެ. ޖިންސީ އަނިޔާގެ ޝިކާރައަށްވި އަންހެން ކުއްޖާއަކީ އެރަށުގައި ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އެކުއްޖާ ޑޮކްޓަރަށް ދައްކާ އިތުރު ޓެސްޓް ހަދަމުން އަންނަކަމަށް މަޢުލޫމާތު އެނގޭ މީހަކު ވަނީ ޚަބަރު އޮންލައިނަށް ކަށަވަރުކޮށްދީފައެވެ.

ރޭޕް ކުރިކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ފިރިހެން މީހާގެ 3 ދަރިންވެސް ތިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.