މީރާގެ ކުރީގެ ކޮމިޝަނަރު ފަތުހުﷲ އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރަނީ

މީރާގެ ކުރީގެ ކޮމިޝަނަރު ފަތުހުﷲ އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރަނީ

މީރާގެ ކޮމިޝަނަރު ކަމުން އިސްތިއުފާދެއްވި ފަތުހުﷲ ޖަމީލް އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެލްސޭޝަންކަމުގެ މަގާމުން ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނަ އައްޔަންކުރީ އޮކްޓޯބަރު 31، 2019 ގައެވެ.

ފަތުހުﷲ ޖަމީލް އަކީ ޓެކުހާއި އޮޑިޓިންގެ އިތުރުން ރިސްކު މެނޭޖުމެންޓާއި އެކައުންޓިންގެ ދާއިރާގެ 17 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަތުހުﷲ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްުޔަންކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެމްޑީޕީގެ ވެރިކަމުގައި އޮކްޓޫބަރު 28، 2019 ގަ އެވެ. ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އެންމެ ފަހުން މީރާގައި އޭނާ އަދާކުރެއްވީ ޑިރެކްޓަ ޖެނެރަލްގެ މަގާމެވެ.

ކުރިން ހިންގި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީގައި އުޅުއްވުމަށް ފަހު، މީރާގައި ފަތުހުﷲ ގެ ފުރަތަމަ ވަޒީފާއަކީ ރެވެނިއު އޮފިސަރު ކަމެވެ. އޭގެ ފަހުން ސީނިއާ ރެވެނިއު އޮފިސަރު ކަން ވެސް ކުރެއްވުމަށް ފަހު ފަތުހުﷲ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސީ 2010 ގަ އެވެ.

އެކަމަކު، ވަކި ހިސާބަކުން މީރާ އިން ވަކިވެވަޑައިގަތުމަށް ފަހު، ޓެކްސް ކޮމިޝަނަ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމާ ހިސާބަށް 2016 ވަނަ އަހަރުން ފެށިގެން އޭނާ އުޅުއްވީ ދިރާގުގެ ޓެކްސް، ރިސްކް އެންޑް ކޮމްޕްލެއަންސްގެ މެނޭޖަރަކަށެވެ

ފަތުހުﷲ ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާއިރު، އެ ދާއިރާއަކީ މީގެ ކުރިން އެމްޑީޕީގެ ކެންޑިޑޭޓަކު ނެތް ދާއިރާ އެކެވެ. ފަތުހުﷲ އަކީ މާލެއަށް އުފަންވި ނަމަވެސް ތިމަރަފުށީ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *