އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ދުބާއީގައި ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް (ޑަބްލިއުޖީއެސް) ގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ތަގުރީރު ކުރެއްވުމަށް ނިންމަވައިފިއެވެ.
މިއީ 2018 ވަނަ އަހަރު ބޭއްވި މި ޝަރަފުވެރި ސަމިޓުގައި ތަގުރީރު ކުރެއްވުމަށް މޯދީއަށް ދައުވަތު ދެއްވި ދެވަނަ ފަހަރެވެ. ޑަބްލިއު.ޖީ.އެސް އަކީ ދުނިޔޭގެ އެކި އެކި ދާއިރާތަކުގެ ލީޑަރުންނާއި ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކާއި ތަޖުރިބާކާރުންނާއި އެކި ފިކުރުގެ ލީޑަރުން އެއްތަނަކަށް ޖަމާވެ ދުނިޔޭގެ ބޮޑެތި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެއްވުމެކެވެ.
ފެބްރުއަރީ މަހުގެ 12 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓަކީ 2013 ވަނަ އަހަރުން ފެށިގެން ދުބާއީގައި ބާއްވާ މައިގަނޑު ސަމިޓެކެވެ.
ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން މިދިޔަ ޖެނުއަރީ މަހު ބޭއްވި 10 ވަނަ ވައިބްރަންޓް ގުޖުރާތު އެޑިޝަން ޝަރަފުވެރިކޮށްދެއްވިތާ މަހެއްހާ ދުވަސް ފަހުން ނެވެ.
ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު ވަނީ މޯދީ ފައްޓަވާފައިވާ ވައިބްރަންޓް ގުޖުރާތު ގްލޯބަލް ސަމިޓަކީ އިގްތިސާދީ ކުރިއެރުމާއި އިންވެސްޓްމަންޓް އެކްސްޕާޓް އެކްސްޗޭންޖް ކުރުމަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު ދެއްކެވި ވާހަކަފުޅުގައި، ކުރިއެރުމަށް ޓަކައި އެއްބާރުލުން ދެއްވުމަށް ބާރުއަޅުއްވާފައިވެއެވެ.
ވޯލްޑް ގަވަރމަންޓް ސަމިޓްގެ ކުރީގެ އެޑިޝަންތަކުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި ޖޯޖިއާގެ ބޮޑުވަޒީރު އިރަކްލީ ގަރިބަޝްވިލީ އާއި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އިތުރުން ގަލްފް ކޯޕަރޭޝަން ކައުންސިލް، ކުވައިތު، އިންޑޮނޭޝިއާ އަދި ތުރުކީގެ ލީޑަރުން ވާހަކަދައްކަވާފައިވާކަން ފާހަގަކޮށްލެވެ އެވެ. ދުނިޔޭގެ ލީޑަރުންގެ ބައިވެރިވުމަކީ މި ސަމިޓުގެ ބައިނަލްއަގުވާމީ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ.
މޯދީ ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅަކީ 2014 ވަނަ އަހަރަށް ފަހު ކުރައްވާ ހަތް ވަނަ ދަތުރުފުޅެވެ. މީގެ ކުރިން 2023 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން، 2022، 2019، 2018 އަދި 2015 ވަނަ އަހަރު އެއް ފަހަރު އެ ގައުމަށް ޒިޔާރަތް ކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ