ހަނިމާދޫއިން ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފި

ހަނިމާދޫއިން ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފި

Author
ހުސެއިން
27 ޖެނުއަރީ 2024 01:36
0

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ. ހަނިމާދޫއިން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރީ 38 އަހަރާއި 42 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އޭގެ ތެރެއިން އެކަކު 5 ދުވަހަށް އަދި ދެވަނަ މީހާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ދެމީހުންވެސް ހައްޔަރު ކޮށްފައިވަނީ ހަނުމާދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި އޭގެ ބޭނުން ކުރުމަށް ލިބުނު ރިޕޯޓުތަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމުގައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.