ހުއްޓިފައިވާ ދެއްވަދޫ އައިސްޕްލާންޓު މިހަފްތާގައި ޚިދުމަތަށް ގެންނަނީ

ހުއްޓިފައިވާ ދެއްވަދޫ އައިސްޕްލާންޓު މިހަފްތާގައި ޚިދުމަތަށް ގެންނަނީ

Author
އައިޝަތު އަޙްމަދު
23 ޑިސެމްބަރ 2023 11:34
0

ހަލާކުވުމުގެ ސަބަބުން އައިސް ނުލިބިހުރި ދެއްވަދޫ އައިސްޕްލާންޓް މަރާމާތުކޮށް އައިސް ލިބޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ޚިދުމަތް ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ގއ. ދެއްވަދޫ އައިސްޕްލާންޓު މަރާމާތުކޮށް މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ވަޒީރު އަޙްމަދު ޝިޔާމް ވަނީ ކޫއްޑޫގެ އިސްބޭފުޅުންނާއި މަޝްވަރާ ކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ގއ.އަތޮޅަކީ މަސްވެރި އަތޮޅެކެވެ. އެ އަތޮޅަށް ވަޑައިގެން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ގެންދަވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، މަސްވެރިންނަށް ލުިއ ގޮތްތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ،މ ިފެށޭ ހަފްތާތެރޭގައި މިފްކޯގެ ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ޓެކްނީޝަނުންގެ ޓީމަކުން ގއ. ދެއްވަދޫ އައިސްޕްލާންޓު މަރާމަތުކޮށް، އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާ ގޮތަށް ވަނީ ހަމަ ޖެހިފައިކަމަށެވެ.

ސަރުކާރުން ވަނީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި މަސްވެރިންނަށް ހުރި ދަތިތަކަށާއި، މުޅި ދާއިރާއަށް ޖުމްލަ ޙައްލެއް ގެނެސްދޭނެކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.