މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 84 މިލިއަން ރުފިޔާ

މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 84 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 83.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ ފާއިތުވި ނޮވެމްބަރު މަހު މި މުއްދަތުގައި ލިބުނު އަދަދާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިދިޔަ އަހަރު މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 81.6 މިލިއަން ރުފިޔާއެވެ.

ކަމަށް ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުގައި މި އަހަރުގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ އޭޕްރީލް މަހުގައެވެ. އެ މަހު ލިބިފައި ވަނީ 22.3 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ އެޕްރީލް މަހު އެވެ. އެއީ 22.3 މިލިއަން ރުފިޔާ އެވެ. މިއަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ މަދުން ފައިސާ ލިބިފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. މަހު ލިބިފައިވާނީ 2.8 މިލިއަން ރުފިޔާއެވެ.

އަހަރުގެ މީހާތަނަށް ކޮންމެ މަހަކު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ:

  • ޖެނުއަރީ – 5.1 މިލިއަން ރުފިޔާ
    ފެބްރުއަރީ – 5 މިލިއަން ރުފިޔާ
    މާޗް – 11.1 މިލިއަން ރުފިޔާ
    އެޕްރީލް – 22.3 މިލިއަން ރުފިޔާ
    މެއި – 4.5 މިލިއަން ރުފިޔާ
    ޖޫން – 3.1 މިލިއަން ރުފިޔާ
    ޖުލައި – 7.3 މިލިއަން ރުފިޔާ
    އޮގަސްޓް – 8.5 މިލިއަން ރުފިޔާ
    ސެޕްޓެމްބަރު – 2.8 މިލިއަން ރުފިޔާ
    އޮކްޓޯބަރު – 6.5 މިލިއަން ރުފިޔާ
    ނޮވެމްބަރު – 7 މިލިއަން ރުފިޔާ

ފައިސާ އިން މުދަލު ޒަކާރް ނެރުން ވާޖިބުވާ ނިސާބަކީ 7،151.90 ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *