މިއަހަރު ފާހަގަކުރާ 43 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ގުންޒަރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުއަހްމަދު ޝިޔާމް އިފުތިތާހު ކޮއްދެއްވައިފިއެވެ.
މި ގުންޒަރުގެ ތެރެއިން މަސްވެރިންނަށް ބާއްވާ ސެޝަންތައް ކުރިއަށްދާނީ މީރުމާ އިވެންޓްސް ހޯލްގައެވެ. މިއަދު ހެނދުނު 09:00 ކުން ހަވީރު 17:00 ގެ ނިޔަލަށް ކުރިއަށްގެންދާ މި ގުންޒަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ އެކިއެކި ފަރާތްތަކުން ވެސް ވަނީ މި ގުންޒަރުގައި ބައިވެރިވެފައެވެ. މި ގުންޒަރުގައި މަސްވެރިންނާއި މަސްވެރިކަމާއި ގުޅޭ ތަފާތު އެކި ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވ.ެ އޭގެތެރޭގައި ކަޅުބިލަމަހުގެ އެމ.ްއެސ.ްސީ ސެޓިފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާއ،ި ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމައްޓަކައި ހިންގަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެވޭނެއެވ.ެ އަދި މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިނައް ސެޓިފައިވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމުކަމާއ،ި ކަނދުފަތި ގާއިމްކުރުމުގައި ބަލަންޖެހޭ ބައެއް ފަންނީ ކަންކަމަށްވެސް އަލިއަޅުވާލެވޭނެއެވެ.
މީގެ އިތުރުން މަސްވެރިޔާ ކާޑުގެ މައުލޫމާތު އަދި ސްކޭމް އާއި ފްރޯޑްއަށް ރައްކާތެރިވުމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު މަހުގެ އަގު ކަނޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ ހަމަތަކާއި މިންގަ ނޑުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ގުންޒަރު ނިންމާލުގެ ގޮތުން މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅެގޮތުން މަޝްވަރާކޮށް މަސްވެރިންގެ ހިޔާލު ހޯދުމަށްވަނީ ހަމަޖެހިފައެވެ.
މިފަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަނީ މާލޭގައެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10އެކެވެ.