ސިފައިންގެ އެންމެ އިސްވެރިޔާ ސިފައިންނާއި ބައްދަލު ކުރެއްވުން،

ސިފައިންގެ އެންމެ އިސްވެެރިޔާ ރައީސް މުއިއްޒު ސިފައިނާއި ބައްދަލު ކުރައްވައިފި

ސިފައިންގެ އެންމެ އިސްވެެރިޔާ ރައީސް މުއިއްޒު ސިފައިނާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންޑާރަކޮށްޓަށް ޒިޔާރަތް ކުރައްވައި ސިފައިންގެ އިސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް މަރުހަބާ ދެންނެވުމަށް ކަޅުތުއްކަލާ ކޮށީގައި ވަނީ ހާއްސަ ރަސްމިއްޔާތެެއް ބާއްވާފައެވެ. އެމްއެންޑީއެފް އިން ބުނީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރު މުހައްމަދު މުއިއްޒުއަށް ދިވެހި ސިފައިން މަރުހަބާ ދެންނެވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. އެ ރަސްމިއްޔާތު ގައި ރައީސް މުއިއްޒު ވަނީ ސިފައިންނާ މުހާތަބު ކުރެއްވިއެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.

އެމަނިކުފާނު ސިފައިންގެއަށް ވަދެ ވަޑައިގަތުމުން އެތަނުން އިސްތިގުބާކު ކުރައްވައި މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އިފް ޑިފެންސް ފޯސްގެ އިތުރުން ގައުމީ ދިފާއީ ބާރުގެ ބާރަ އޮފިސަރުންނެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ބަންޑާރަކޮށްޓަށް ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ސިފައިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައި ރައީސްގެ ޝަރަފުގައި އޮނާ ގާޑެއް އަރުވައިފައެވެ.

ސިފައިންގެ އެންމެ އިސްވެރިޔާ ސިފައިންނާއި ބައްދަލު ކުރެއްވުން،

ބަންޑާރަކޮށްޓަށް ކުރެއްވި ޒިޔާރަތުގައި ރައީސް މުއިއްޒު ވަނީ އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ސިފައިންނާ ބައްދަލު ކުރައްވައިފައެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ބުރޫލެއް އެރިޔަ ނުދީ ދޫންޏެއް އޭގެ ހާލި ހިމާޔަތް ކުރާ ފަދައިން ގައުމު ހިމާޔަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސިފައިންގެ އެންމެ އިސްވެރިޔާ ސިފައިންނާއި ބައްދަލު ކުރެއްވުން،

އެމަނިކުފާނު ވަނީ ރާއްޖޭގެ މިނިވަންކަން ނެގެހެއްޓުމަށްޓަކައި، ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގަކީ ފިސާރި ފަލަ ރޮނގަކަށް ވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *