ފައިސާގެ މައްސަލައެއްގައި މީހަކު ހޯދަނީ

ފައިސާގެ މައްސަލައެއްގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2023 01:25
0

އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމެއް ތަންފީޒުރުކުރުމުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އެ އަމުރާ ގުޅިގެން ފުލުހުން ހޯދަނީ ކ. މާލެ، މ. ވިންޑްސްރީން، އަބްދުއްރަޝީދު އިބްރާހީިމް (64އ) އެވެ.

އަބްދުއްރަޝީދު އިބްރާހީިމް ހޯދަމުންދަނީ ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 22 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް އެ އިދާރާއިން ބުނެއެވެ.

ފުލުހުން ބުނީ އަބްދުއްރަޝީދު އިބްރާހީިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.