އާރްޑީސީގެ މެނޭޖަރަކު މަސްތުވާތަކެއްޗާއި ރަލާ އެކު ހައްޔަރުކޮށްފި

އާރްޑީސީގެ މެނޭޖަރަކު މަސްތުވާތަކެއްޗާއި ރަލާ އެކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2023 12:17
0

އާރްޑީސީގެ މެނޭޖަރަކު މަސްތުވާތަކެއްޗާއި ރަލާ އެކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި އާރްޑީސީގެ މެނޭޖަރު ހައްޔަރު ކުރީގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން އާރުޑީސީގެ ކޮރަޕްޝަނާއި އެނޫންވެސް ގިނަ ކަންކަމާއި ގުޅުންހުރި ތަހުގީގްތައް ހިންގަމުންދާއިރު ރޭ ވަނީ އެއޮފީހުގެ މެނޭޖަރެއްގެ ގެޔަށްވެސް ވަދެ ބަލާ ފާސްކޮށްފައެވެ.

ފުލުހުން ބަލާ ފާށް ކުރުމުގެ ތެރޭގައި ބަނގުރާ ހުސްކުރި ފުޅި އާއި މަސްތުވާ އެހެން ބާވަތެއް ވެސް ފެނިފައިވާ ކަމަށް ވަނީ އެނގިފައެވެ. އާރްޑީސީގެ އޮފީހަށް ފުލުހުން އިއްޔެ ހެނދުނު ވަދެ ރޭ ވަރަށް ލަސްވަންދެން ވެސް އުޅުނެވެ. ފުލުހުން ދިޔައީ އެތަނުން ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހިފައިގެންނެވެ.

އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނާއި ގުޅިގެން ގިނަ ބަޔަކު މޫސާ އަލިމަނިކާ ސުވާލުކުރަމުން ދަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އޭނާ ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ، އެ އޮފީހުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށާއި ފުލުހުން އެތަނަށް ވަނީ ހެޑްލައިން ހަދަން ކަމަށެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސް އަށް އޭނާވަނީ ފާޑު ވިދާޅުވެފައެވެ.

އާރުޑީސީއަކީ މިހާރު ވެރިކަމުގެ ތެރޭގައި 3 ފަހަރެއްގެ މަތީން ތިޖޫރީވެސް ފަޅާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.