މިނިވަން ކުރުމާއެކު އަދީބު ވިދާޅުވީ ފިކުރު ޖަލަށްލައި މަރާނުލެވޭނެ ކަމަށް

މިނިވަން ކުރުމާއެކު އަދީބު ވިދާޅުވީ ފިކުރު ޖަލަށްލައި މަރާނުލެވޭނެ ކަމަށް

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2023 12:20
0

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މަޢާފް ދެއްވައި މިނިވަން ކުރުމާއިއެކު ފިކުރަކީ ކަސްތޮޅު އަޅައި މަރާލެވޭނެ އެއްޗެއް ނޫންކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު ޢަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތަށް މަޢާފް ދެއްވާފައިވަނީ މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އަދީބް މިނިވަން ކުރެއްވުމާއިއެކު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިކުރަކީ ޖަލަށް ލެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ބޮޑުވެ ފުޅާވެ ފެތުރިގެންދާނެ އެއްޗެއް ކަމަށެވެ.

އެންމެ އަނދިރި ކުޑަ ގޮޅިން ފެށިގެން މުޅި ގައުމުގެ އެކި ކަންކޮޅަށް ފިކުރު ފެތުރޭނެ. އެއީ ކަސްތޮޅު އެޅުވޭނެ އެއްޗެއް ނޫން. އަދީބް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބް ހައްޔަރުކުރީ އެ ވެރިކަމުގައި ނައިބް ރައީސްގެ ގޮތުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުއެވެ. އޭރުން ފެށިގެން އިއްޔެއާ ހަމައަށް އަދީބް ހުންނެވީ ޖަލު ބަންދުގައި ނުވަތަ ގޭބަންދު ގައެވެެ.

އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 5 އޮކްޓޫބަރު 2020ގައެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ. މިހާތަނަށްވެސް އަދީބު ހުންނެވީ ގޭ ބަންދުގައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ޒިޔަތު ގެންދެވީ 31 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންނެވެ. ނަމަވެސް ޒިޔަތުވެސް ހުކުމް ތަންފިޒް ކުރައްވަމުން ގެންދެވީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.