ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ އުފާވެރިކަން ގެނުވާނެ ކަމެއް: ޝަހީމް

ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ އުފާވެރިކަން ގެނުވާނެ ކަމެއް: ޝަހީމް

ޤައުމާއި، ރަށާއި، އަތޮޅަށް ރީތިނަން ހޯދައިދޭ ފަރަތްތަކުގެ އަގު ވަޒަން ކުރުމަކީ އެފަދަ ފަޚުރުވެރި ވަނަތަށް ހޯދައިދޭ ފަރާތްތަކަށް އިތުރު އުފާވެރިކަން ގެނުވާނެ ކަމެއް ކަމެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރ. މީދޫ ކައުންސިލްގެ ފަރާތުން 5 އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ (މަހާ ސަނަދު 2023) ޙަފްލާގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވުމަށް ދައުވަތު ދެއްކި ކަމަށްޓަކައި ޝަހީމް ވަހީ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ. ޝަހީމް ވިދާޅުވީ މިފަދަ ހަފްލާތަކަކީ ރީތިނަން ހޯދާ ފަރާތްތަކަށާއި، މުޅި ރަށަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

އަދި މީދޫ އަށް ޚިދުމަތްކުރި ފަރާތްތަކާއި ރަށަށް ރީތިނަން ހޯދައިދިން ފަރާތްތަކާއި ރަށު ރަށްޔިތުންގެ ތެރެއިން ތައުލީމީ ގޮތުން މަތީ ދަރަޖަ ޙާޞިލްކުރި ފަރާތްތަކަށް އެވޯޑް އަރުވާ މި ފަދަ އުފާވެރި ޙަފްލާއެއްގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުން ބައިވެރިވުމަކީ ލިބުނު އުފަލެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކައުންސިލްގެ ވެރިންނާއި ރައްޔިތުން ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު ދަންނަވަން. ރަށަށް ރީތި ނަން ހޯދައި ދޭ ފަރާތްތަކާއި ރަށު މީހުންގެ ތެރެެއިން ތައުލީމީ މަތީ ދަރަޖަ ޙާޞިލްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަކީ ތަފާތު އުފަވެރި އިޙުސާސެއްކުރާނެ ކަމެއް. މަރުޙަބާ!

– ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމަކީ ރާއްޖޭގެ ތައުލީމީ އަދި ދީނީ ކަންކަން ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވައި އެކަމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *