ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މިމަހު ޢިއުލާންކުރާނެ: ސަރުކާރު

ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މިމަހު ޢިއުލާންކުރާނެ: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
22 ޖޫން 2023 11:11
0

ސަރުކާރުގެ ހައުސިންގ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތީލީ ފަރާތްތަކުގެ ތެރެއިން ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިމަހު ޢާއްމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް މިދިޔަ އަހަރުތެރޭގައި ހުޅުވާލި ފުރުސަތުގައި 35000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އަދި އެ މީހުންގެ ފޯމްތައް މިހާރު ދަނީ ދިރާސާކުރަމުންނެވެ.

މިމަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާފައިވާ ފަދައިން މިމަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު ޢާއްމުކުރައްވާނެކަމަށެވެ. އަދި އެކަމަށްޓަކައި ލިސްޓުތައް ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އެނާ ވިދާޅުވިއެވެ.

އަދި މިއަދު މިކަމުގައި ސީދާ ރައީސް ޞާލިހު ކޮމެޓީއާއި ބައްދަލު ކުރާނެކަމަށެވެ. ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު މިމަހުގަިއ އިއުލާން ކުރާނެކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެކަން ފްލެޓް ކޮމެޓީން ރައްޔިތުންނާއި ހިއްސާ ކުރާނެކަމަށެވެ. ނަމަވެސް އެއީ ކޮން ދުވަހެއްގައި ކަމެއް މިއުވާން ވިދާޅެއް ނުވެއެވެ.

ކުރިއަށް އޮތީ އީދު ބަންދާއި ދިމާކޮށް އޮތް ބޮޑު ޗުއްޓީއަކަށްވާއިރު، ލިސްޓު ހާމަކުރާނީ ޗުއްޓީ ތެރޭގައި ކަމަށް ބެލެވެއެވެ.

ސަރުކާރުން ހުޅުވާލި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް 35000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. މީގެތެރެއިން 14000 އަށްވުރެ ގިނަ މީހުން ވަނީ ފްލެޓަށް އެދި ފޯމު ހުށައަޅާފައެވެ. މިފްލެޓުތަކުގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެއެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތު
މިމަހުގަަ އިއުލާންކޮއްފިއްޔާާ ރަގަޅުަ ކުރިޔައްއޮތީީ ބޮޑުއީދުގެެ ދުވަސްތައްް މާލޭގެެ މީހުންް އެކަކުއަނެކަކައްް އެގޭނެެ ނުބައިކޮއްް ލިބެންނުޖެހޭމީހުންނައްް ގޯތިބެހިޔަސްް އެހުރިހާގޯއްޗެއްގެެ ތަފްސީލުް އެގޭނެެ ވޯޓްް ވަރައްް ކާރީގަަ އޮތްއިރުު ގޯހެއްނުހެދުންް ވަރައްބުއްދިވެރިި ގޯތިނުދިނަސްް ވޯޓްލާނެެ ބަޔަކުތިބޭނެެ ވޯޓެއްގައިި މުހިންމުވާނީި ވޯޓްގެެ އަދަދުު ގިނަވޯޓްލިބިގެންް ސަރުކާރަކައްވެވޭނީީ ގާތްކުދިންކޮޅެއްް ނޫންް ހަމަަ އެކަނިި މުހިއްމީކީީ ތިދޫކުރާގޯއްޗަކީީ އިންސާފުވެރިި ކޮއްދިންގޯތިކަންނިންމާނީީ އަހަރަމެންެ ދިވެހިި ރައްޔިތުންއިންސާފުގެެ ދަތުރުގަަ އިންސާފުވެރިި ނިންމުންް ވަރައްް މުހިންމުވާނެެ