ސާނަވީ އަދި މަތީ ސާނަވީގެ ގަދަ 10 ގައި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ވާދަކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި އޯ ލެވެލް އަދި އޭ ލެވެލް ކިޔަވައިދޭ ސްކޫލްތަކުން، އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 10 ދަރިވަރުން ކަނޑައަޅާ އުސޫލަށް އަރަބިއްޔާ ސްކޫލު ވަނީ އިތުރުކޮށްފަ އެވެ.
އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި ޝަހާދާއި އިއުދާދީ އިމްތިހާނުގެ ނަތީޖާވެސް ގަދަ 10 ހޮވުމަށް ގަބޫލުކުރާނެ ކަމަށް މި އުސޫލުގައި ވަނީ ބުނެފަ އެވެ.
ގަދަ 10ގައި މީގެ ކުރިން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ވާދައެއް ނުކުރެވެ އެވެ.
އުސޫލުގައިވާ ގޮތުން އަރަބި މަންހަޖަށް ކިޔަވައިދޭ ސްކޫލުތަކުގައި އޯލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ކަނޑައަޅާނީ ގްރޭޑު ނުވައެއް ނިންމާ މާއްދާތަކުގެ ނަތީޖާ އާއި އެ ދަރިވަރު ގްރޭޑް 10 ނިންމާ އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލައިގެންނެވެ.
ކޮމެންޓު ފޮނުވާ