އުނގޫފާރު މަގުހެދުން، 2ވަނަ ފިޔަވަހި: މަސައްކަތުގެ %50 ނިމިއްޖެ: އެމްޓީސީސީ

އުނގޫފާރު މަގުހެދުން، 2ވަނަ ފިޔަވަހި: މަސައްކަތުގެ %50 ނިމިއްޖެ: އެމްޓީސީސީ

ރ.އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ 2ވަނަ ފިުޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތުގެ %50 ނިމިއްޖެކަމަށް އެމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ މިހާރު ކުރިއަށްދަނީ މިމަސައްކަތުގެ ތެރެއިން ރަށުގެ މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތާއި ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. މަގު ބައްތި ހަރުކުމުގެ މަސައްކަތުގެވެސް %89 ނިމިފައިވާކަމަށާއި ސަބްގްރޭޑުގެ %40 ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 21.6 މިލިއަން ރުފިޔާގެ މަޝްރޫއކެވެ.

އުނގޫފާރު މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެދަށުން، ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްތައް 2021ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10ވަނަ ދުވަހުވަނީ ނިމިފައެވެ. އުނގޫފާރު މަގުތައްހެދުމުގެ ފުރަތަމަ ފިޔަވަހީގައި 14މަގެއް ހިމެނެއެވެ. އެގޮތުން ތަރައްޤީކޮށްފައިވަނީ ޢާއްމު ޚިދުމަތްތައް ހޯދުމަށް އެންމެ ގިނައިން ބޭނުންކުރަމުންދާ ރަށުގެ ބޮޑެތި މަގުތަކެވެ.

މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެދަށުން ތަރައްޤީކުރާނީ ރަށުގެ ކައުންސިލްގެ އެދުމުގެމަތިން، ރަށުގެ ދެން އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ މުހިންމު ގުތަކެވެ. އެގޮތުން 5މަގެއް ތަރައްޤީކުރުމަށް ސަރުކާރުގައި އެދުނުއިރު އޭގެތެރޭގައި ވިއްސާރަވެ ފެންބޮޑުވާ ދުވަސްތަކުގައި ސްކޫލް ދަރިވަރުން ސްކޫލަށް ދަތުރުކުރުމަށް އެންމެ ގިނައިން ބޭނުންކުރާ މަގުތަކާއި ބަނދަރު ސަރަރަހައްދުގައި އޮންނަ ބޮޑުމަގެވެ.

އުނގޫފާރު މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފެށީ 2021ވަނަ އަހަރުގެ މާޗްމަހުއެވެ. މި މަޝްރޫޢުއަށް 28 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *