ރޯދަ ފަރްޟު ކުރެއްވި މަރުޙަލާތައް!

ރޯދަ ފަރްޟު ކުރެއްވި މަރުޙަލާތައް!

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
25 މާރޗް 2023 09:30
0

ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވީ ދެ މަރުހަލާއެއްގައެވެ. އެއީ:

ފުރަތަމަ މަރްޙަލާ: ރޯދަ ހިފުމާއި ކާން ދިނުމާއި ދެކަމުން ކުރެ ކަމެއް ކުރުމުގެ އިޚްތިޔާރު ދެއްވުން، އަދި ރޯދަ ހިފުން އެއީ އައުލާކަން ބޮޑު ގޮތް ކަމުގައި ލެއްވުން.

ދެވަނަ މަރްޙަލާ: އިޚްތިޔާރަކާއި ނުލައި ރޯދަ ހިފުން ފަރްޟު ކުރެއްވުން. މާތް ﷲ ރުއްސުންލެއްވި ސަލަމާ ބިން އަލްއަކްވަޢުގެ ކިބައިން ރިވާވެގެން ވެއެވެ. (لَمَّا نَزَلَتْ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ سورة البقرة آية 184 ، كان من أراد منا أن يفطر ويفتدي حتى نزلت الآية التي بعدها فنسختها   ) މާނައަކީ: "ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތް (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ) މާނައަކީ: "އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ." ބާވާލެއްވުމުން ރޯދަ ހިފަން ބޭނުން ނުވާ މީހުން ރޯދަ ދޫކޮށްލުމަށް ފަހުގައި ފިދްޔަ ދެމުން ގެންދިޔައެވެ. ނަމަވެސް އޭގެ ފަހުން އޮތް އާޔަތް ބާވާލެއްވުމުން އެކަން މަންސޫޚު ވެއްޖެއެވެ." އިޝާރާތް ކުރައްވަނީ (فَمَن شَهِدَ مِنكُمُ الشَّهْرَ‌ فَلْيَصُمْهُ ۖ وَمَن كَانَ مَرِ‌يضًا أَوْ عَلَىٰ سَفَرٍ‌ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ‌ ۗ   ) މާނައަކީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ."

މި އާޔަތް ބާވާލެއްވުމާއި އެކު އިޚްތިޔާރު ކެނޑި ރޯދަ ހިފުން ވާޖިބު ވެއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.