އިރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމް ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަ ކޮށްފައިވަނީ އިރާނާ ސައުދީ އަރަބިއާއާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމްކޮށް، ދެގައުމުގެ ސިޔާދަތށް ހުރުމަތްތެރިކޮށް ހިތާ، އަދި އޭގެ އިތުރުން ދެގައުމުގައި އެމްބަސީތައް އަލުން ހުޅުވާ، ދެގައުމުންވެސް އެއްގައުމުން އެނެއް ގައުމުގެ އެތެރޭގެ މަސްލަހަތުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް، ޗައިނާ ހިމެނޭގޮތުން ތިން ގައުމުން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހިރާއްޖެއިން މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައެވެ.
"މި އައިއުފެއްދުންތެރި އަދި ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ބަދަލުތަކާއެކު، އިސްލާމިކް ރިޕަބްލިކް އޮފް އިރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމް ކުރުމަށް ދިވެހިރާއްޖެއިން ވަނީ ނިންމާފައެވެ."
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނު ބުނެފައިވެއެވެ.
ދިވެހިރާއްޖެއިން އިރާނާއެކު ސިޔާސީ ގުޅުން ކަނޑާލާފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި، ސައުދީ އަރަބިއާއިން އިރާނާއެކު އޮތް ސިޔާސީ ގުޅުން ކަޑާލުމާއެކުއެވެ. އެފަހަރު ސައުދީގެ ސިޔާސަތާ އެއްގޮތަށް ދިވެހިރާއްޖެއިން ގަތަރާއެކީވެސް ސިޔާސީ ގުޅުން ކަނޑާލާފައި ވެއެވެ. އެހެންނަމަވެސް ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖެއިންވަނީ ގަތަރާއެކުވެސް ސިޔާސީ ގުޅުން އަލުން ގާއިމް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ