ފާއިތުވި 4 އަހަރުގައި މަތީ ތަޢުލީމްއަށް ކިޔެވުމުގެ ފުރުޞަތު ގިނައިން ލިބިފައިވަނީ އަންހެނުންނަށް

ފާއިތުވި 4 އަހަރުގައި މަތީ ތަޢުލީމްއަށް ކިޔެވުމުގެ ފުރުޞަތު ގިނައިން ލިބިފައިވަނީ އަންހެނުންނަށް

ގުޅުންހުރި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ތަފާސްހިސާބުތަކުން ދަޢްކާ  ގޮތުގައި ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި މަތީތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު އެންމެ ގިނައިން ލިބިފައިވަނީ އަންހެނުންނަށް ކަމަށް އެމިނިސްޓްރީން ހާމަކޮށްފިއެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން އެ މިނިސްޓްރިން ވަނީ ހިލޭ ޑިގްރީ އާއި ސްކޮލަރޝިޕާއި ސްޓޫޑެންޓް ލޯނުގެ ފުރުސަތު ފާއިތުވެ ދިޔަ 4 އަހަރު ދީފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ސަރުކާރުން ވަނީ ހިލޭ ޑިގްރީގެ ފުރުސަތު 16،917 ފަރާތަކަށް ދީފައެވެ. އޭގެ ތެރެއިން 67 އިންސައްތަ އަކީ އަންހެނުންނެވެ. އަދި 38 އިންސައްތައަކީ ފިރިހެނުންނެވެ.

އަދި މި މުއްދަތުގެ ތެރޭގައި 538 ފަރާތަކަށް ސްކޮލަރޝިޕްގެ ފުރުސަތު ދީފައިވެއެވެ. އެ ފުރުސަތުތަކަށްވެސް އެންމެ ގިނައިން އެދި އަދި ލިބިފައިވަނީ އަންހެނުންނަށެވެ. އެގޮތުން 61 އިންސައްތައަކީ އަންހެނުންނެވެ. 39 އިންސައްތައަކީ ފިރިހެނުންނެވެ.

ސުޓޫޑެންޓް ލޯނަށް ބަލާއިރު ފާއިތުވެދިޔަ 4 އަހަރު 1،387 ކުއްޖަކަށް ސަރުކާރުން ލޯނު ދީފައިވެއެވެ. އޭގެ ތެރެއިން 42 އިންސައްތައަކީ އަންހެނުންނެވެ. 58 އިންސައްތަ އަކީ ފިރިހެނުންނެވެ.

ސަރުކާރުން އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް އިހުނަށްވުރެ ބޮޑަށް ފަހިކޮށްދެއްވަމުންނެވެ. އަދި މިފަދަ ފުރުޞަތުތައް ފަހިކޮށްދޭއިރުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކަށް ބެލުމަށްފަހު އެ ދާއިރާއަކަށް ފުރުޞަތުތައް އިތުރުކޮށްދެއެވެ.

އެގޮތުން މިއަހަރުވެސް ސަރުކާރުން ވަނީ އެންމެ ބޮޑަށް ޑިމާންޑް އޮތް ދާއިރާތަކަށް ފުރުޞަތު އިތުރުކޮށް ލޯނުގެ 720 ފުރުޞަތު ހުޅުވާލާފައެވެ. މީގެ އިތުރަށް އެކި ޤައުމުތަކުން ލިބޭ ސްކޮލަރޝިޕް ތަކާއި، ހައި އެޗީވަރސް ސްކޮލަރޝިޕްތަކާއި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތައްވެސް ދަރިވަރުންނަށް އަންނަނީ ފަހިކޮށްދެމުންނެވެ.

މީގެ އިތުރަށް ސަރުކާރުގެ ޔުނިވަރސިޓީޓަކުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިވެފައި އޮތްއިރު އަމިއްލަ ކޮލްޖެތަކުންވެސް ވަކި އިންސައްތައެއް ސަރުކާރުން ކަވަރ ކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މިފަދަ ފުރުޞަތުތަކުގެ އިތުރަށްވެސް ސަރުކާރުން މިހާރު އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލެޖްތައް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *