ގަލަމު ތުނޑުން ފަށާ، ހިސާބު ކިތާބުން ނަތީޖާ ހޯދާ، ޕްލޭން ނުކޮށްފިނަމަ، އެއީ ނުވާކަމެއްފަދަ ކަމެއް: ރައީސް

ގަލަމު ތުނޑުން ފަށާ، ހިސާބު ކިތާބުން ނަތީޖާ ހޯދާ، ޕްލޭން ނުކޮށްފިނަމަ، އެއީ ނުވާކަމެއްފަދަ ކަމެއް: ރައީސް

Author
ހުސެއިން
19 ޖެނުއަރީ 2023 06:44
0

މި ސަރުކާރުން ގެންނަ ތަރައްގީގެ ބޮޑު ބަދަލު ފަށަނީ ގަލަމް ތުނޑުން ކަމަށާއި، އެއަށްފަހު ރަގަޅަށް ދިރާސާކޮށް، ހިސާބު ކިތާބުން ނަތީޖާ ނެރެ އެ ތަނީޖާގެ މައްޗަށް ރަަގަޅު ޕްލޭނެއް ނުކޮށްފިނަމަ، މިޒަމާނުގައި އެއީ ނުވާކަމެއްފަދަ ކަމެފަދަ ކަމެއްކަމަށް ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް ރޭ ހަނިމާދޫ ގައި ބޭއްވި ޖަލައްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ބޮޑު އުތުރާ، ބޮޑުތިލަދުންމަތި އަދި މުޅިރާއްޖޭގެ ތަރައްގީއަށް ސަރުކާރު ގެންގުޅޭ ތަޞައްވުރުގެ ތެރެއިން، ވަރަށް ގިނަ މަޝްރޫއުތަކެއް މިހާރު ކުރިއަށް ދާކަމަށެވެ. އަދި އޭގެތެރެއިން ގިނަ ކަންކަން ފެށި، މިހާރު ދަނީ ނިމެނުންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިސަރުކާރުން ކުރިއަށްދާ މަގުން ކުރިއަށްގޮސްގެން ރައްޔިތުން މަގުމަތިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމުގައެވެ.

ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ފަށްޓަވައިދެއްވުމަށް ރޭ ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްްޤީކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމުގައެވެ.

މިގެންނަ ތަރައްގީގެ ބަދަލު އަޅުގަނޑުމެން ފުރަތަމަ ފަށަނީ ގަލަމު ތުނޑުން. ރަނގަޅަށް ދިރާސާ ކުރެވި، ހިސާބު ކިތާބުން ނަތީޖާ ހޯދުން. އެ ނަތީޖާގެ މައްޗަށް ފުރިހަމަ ޕްލޭނެއް ހެދުން. އެގޮތަށް އެކަން ނުކުރެވިއްޖެނަމަ، މި ޒަމާނުގާ އެއީ، ނުވާކަމެއް ފަދަ ކަމެއް.

ރޭ ހަނިމާދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ވައިގެ މަގުންނާއި ކަނޑުމަގުން މުޅި ރާއްޖެ ގުޅުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއިއެކު އިގުތިސާދު ހިނގައިގަންނައިރު އަންނަ ތަރައްގީއާއި އިގްތިސާދީ ކުރިއެރުމުން އެއްވެސް ރައްޔިތަކު ބާކީވެގެން ނުދާނެ ކަމުގައެވެ.

އާރުޓީއެލް ޚިދުމަތާ، ހަނިމާދޫ އެއަރޕޯރޓާ، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާ އެކު ފުރިހަމަ ވާނީ ދިރުން ހުރި އިގްތިޞާދެއްގެ ފުރިހަމަ މޮޑެލްއެއް. އެއީ، މިދާ މަގުން ގޮސް، މަގުމަތި ނުވެ މާދަމާ މުޅިރާއްޖެ އޮންނާނެ ގޮތުގެ ނަމޫނާ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑު ތިލަދުންމައްޗާއި، ރާއްޖޭގެ އުތުރަށް، ޖެހެން މިފެށީ، ބޮޑު ބަދަލުގެ ހެޔޮ ރޯޅިކަމަށާއި، މިބަދަލު ރާއްޖެއަށް މިގެނެވެނީ ބަކި ޚާއްސަ ކަންތައްތަކެއް ވަކި ގޮތަކަށް ކޮށްގެން ކަމުގައެވެ. މިގޮތުން ކުޅުދުއްފުށީގައި ޓާރޝަރީ ޞިއްޙީ ޚިދުމަތް ތައާރަފްކުރުމަކީ ބޮޑު ތިލަދުންމައްޗާއި އުތުރަށް މި ބޮޑު ބަދަލު ގެނައުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވެންވާއިރަށް ކުޅުދުއްފުށީގައި ތައާރަފްކުރާ ޓާރޝަރީ ޞިއްޙީ ޚިދުމަތްވެސް ފެށިގެން ދިއުން ކަމުގައެވެ.

ކުޅުދުއްފުށީގާ ޓާރޝަރީ ޞިއްޙީ ޚިދުމަތް ގާއިމު ކުރުމަކީ އެބަދަލަށްޓަކާ ކުރާ ކަމެއް. މިއަދު ޢަމަލީ މަސައްކަތް މިފެށުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވެން ވާއިރު، އެކުއެކީ އަންނަ އެހެން ބަދަލެއް ވާނެ. އެއީ މިބޮޑު ތިލަދުންމައްޗަކީ އިންވެސްޓަރުންނަށް ފައްކާވެފައި އޮންނަ، މީހުން ދިރިއުޅޭ 41 ރަށުގެ މައްޗަށް އެކުލެވޭ ބޮޑު އާބާދީ އަކަށްވާނެ.

ބޮޑު ދިތަކުން މައްޗަށާއި އަދި ބޮޑު އުތުރަށް މިސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ސިފަކޮށްދެއްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މިސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއެކު ރާއްޖޭގެ އުތުރަށް ފަތުރިކަމުގެ ތަރައްގީއައިސް އެ ސަރަަހއްދުގައި ޓޫރިޒަމް ތަރައްޤީކުރުމަށް ނަލަ ރީތި ގިނަ ރަށްތަކެއް އުފެދިގެން ދާނެކަމުގައެވެ. އަދި މި ބަދަލާއެކު އެ ސަރަހައްދުގެ ކޮންމެ ރަށަކީވެސް، ޓޫރިޒަމް، ދަނޑުވެރިކަން، ނުވަތަ އިޤްތިސާދީ އެފަހަ އެހެނިހެން ކަންކަމަށް ތަޔާރުވެފައި އޮންނަ ރަށްތަކަށް ވެގެން ދާނޭކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.