އިންޑިއާއަކީ ރާއްޖޭގެ އިގްތިސަދީ އަދި އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިއާ: ރައީސް

އިންޑިއާއަކީ ރާއްޖޭގެ އިގްތިސަދީ އަދި އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިއާ: ރައީސް

Author
ހުސެއިން
18 ޖެނުއަރީ 2023 10:43
0

ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާއަކީ އިންޑިއާކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢު އިފްތިތާހު ކުރުމަށް މިރޭ ހަނިމާދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ފާއިތުވެދިޔަ 4 އަހަރުތެރޭ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިއާ ކަމުގައި ވެގެން ހިގައްޖެ ކަމުގައެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުވެސް ހާޒިވެވަޑައިގެން އިންނެވި މިޖަލްސާގައި އިނގިރޭސިބަހުން ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިރެއަކީ ބޮޑު ތިލަދުންމައްޗަށް ވަރަށް މުހިންމު ރެއެއް ކަމުގައެވެ.

އަދި ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދެމުންދާ އެހީތެރިކަމަށްޓަކާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއަށް ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

އިތުރަށް ރައީސް ސާލިހު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ވަޑައިގެން ދެއްވުމަކީ އެމަނިކްފާނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ހަފްލާއަށް ޖައިޝަންކަރު ވަޑައިގެން ދެއްވުމަކީ ދެގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ރަމްޒެއް ކަމުގައެވެ.

މިރޭގެ ޖަލްސާގައި ރައީސް ސާލިހުއާއި އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢު އިފްތިތާހު ކޮށްދެއްވާފައެވެ.

މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ވާހަކަ ފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ 136.6 މިލިއަން ޑޮލަރުގެ، މިމަޝްރޫޢުން ހަނިމާދޫގައި އަޅާ ބައިނަލް އަގުވާމީ ފެންވަރުގެ އެއަރޕޯޓަކީ 1.2 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގެ ގާބިލްކަން ހުރި، އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތް ފޮރުކޮށްދެވޭނެ ރީތި ޓާމިނަލްއެއް ހުންނާނެ އެއަރޕޯޓެއް ކަމުގައެވެ.

މިގޮތުން މި އެއަރޕޯޓުގައި އަޅާ 2.46 ކިލޯ މީޓަރުގެ ރަންވޭއަކީ ދުނިޔޭގެ ބޮޑެތި ބޯޓުފަހަރަށް ޖެއްސޭނެ ވަރުގެ ރަންވޭއެއްކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވީ ބައިނަލް އަގުވާމީ އެއަރޕޯޓަކުން ލިބޭނެ ހުރިހާ ވަސީލަތްތަކެއް ހަނިމާދޫގައި ގާއިމް ވެގެންދާނެ ކަމުގައިވެ. އަދި ހަނިމާދޫ ބައިނަލްއަގުވާމީ އެއަރޕޯޓު ވެގެންދާނީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ފަޚުރުވެރިވާނެ އެއަރޕޯޓަކަށް ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މި އެއަރޕޯޓު ވެގެން ދާނީ ބޮޑު ތިލަދުންމައްޗާއި މި އުތުރުގެ ރައްޔިތުން ފަޚުރުވެރިވާނެފަދަ ޒަމާނީ އެއަރޕޯޓަކަށް. މިއެއަރޕޯޓު ނިމުމާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް މިސަރަހައްދުގެ އިގްތިސާދު ފެނުން ތޮޅިލާ އުދަވާން ފަށާނެ. އެތައްހާސް ވަޒީފާއެއް އުފެދިގެން ދާނެ. ގެސްޓު ހައުސްތަކާއި ސިޓީ ހޮޓާތަކާއި ރިސޯޓުތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އެތައް ގުނައަކަށް އިތުރުވެގެން ދާނެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުވެސް ހާޒިރުވެ އިންނެވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މާލޭ އެއަރޕޯޓު ހުޅުވުމުގެ ކުރިން ހުޅުލެއަކީވެސް ހަނިމާދޫ ފަދައިން ހިމަކޮށް ދިގުކޮށް އޮތް ރަށެއްކަމަށާއި، އެހެންނަމަވެސް މާލޭ ސަރަަހައްދަށް އައިސްފައިވާ ބޮޑު ބަދަލުގެ އަސްލަކީ ހުޅުލޭ އެއަރޕޯޓު ހުޅުވުން ކަމުގައެވެ. އަދި މާލޭ ސަރަހައްދުގެ ދަތުރުފަތުރު ހައި ސްޕީޑަށް ބަދަލުވެގެން ދިޔަ ދިައުމުގެ ހަގީގީ އަސްލަކީ ހުޅުލޭ އެއަރޕޯޓުކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ހަނިމާދޫ ބައިނަލްއަގުވާމީ އެއަރޕޯޓު ހުޅުވިގެން ދިއުމުން އިގްތިސާދީ ގިނަ ފުރުސަތު ތަކެއް އެސަރަހައްދުގައި ގާއިމްވެގެން ދާނެ ކަމުގައެވެ.

އިގުތިސަދީ ވަރުގަދަ ހަބަކަށް ބޮޑު ތިލަދުންމަތި ހެދުމަށް މަގުފަހި ވެގެންދާނެ. މިދެންނެވީ މި އެއަރޕޯޓަށްފަހު ތަބީއަތުން އޭގެ ޒާތުގައި ގެނެސްދޭނެ ކުރިއެރުމާއި ތަރައްގީ. މިކަން ދިވެހިން މިތިބީ ތަޖުރިބާ ކޮށްފަ. ބައިނަލްއަގުވާމީ އެއަރޕޯޓަކީ ތަރައްގީގެ ރަސްމަގަށް ހުޅުވޭ މައި ދޮރާށިކަން އޮތީ ސާބިތުވެފަ. މީގެ ދިރިދިރި އޮތް މިސާލަކީ މާލެ ސަރަހައްދުގައި އޮތް ހުޅުލެ.

މާލޭ ސަރަހައްދަށް އައި ތަރައްގީއާއި ކުރިއެރުމުގެ އަސްލަކީ ހުޅުލޭ ބައިނަލްއަގުވާމީ އެއަރޕޯޓުކަން ފާހަގަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ މި އެއަރޕޯޓުގެ ޒަރީއާއިން ބޮޑު ތިލަދުންމައްޗާއި ބޮޑު އުތުރު ދުނިޔެއާއި ގުޅުވާލުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒާހިރު
ރައިސްސޯލިހުތިބޭފުޅާއަކީވަރައްއަމިއްލައެދުއްބޮޑުމީހެއްކަންރާއްޖޭގެރަތްޔިތުއްނައްވަރައްސާފުކޮންއެގިއްޖެތިބޭފުޅާއަށްވެރިކަންލިބުނީވޯޓުއްވަށްކަންކޮއްގެނަމަވެސްރައިސްނަސިދުގެއޯގާތެރިކަމާއެއްބާރުލާގެއްނަމަވެސްމިހާރުތިއައުޅެނީނަސީދުއަށްހަރާންކޯރުވެގެއްއެފަކީރުބާކީކޮއްލާގެއް ތިބޭފުޅާގެއާރާބާރުނުހަމަގޮތުގަހިފާގެއްދެވަނަފަހަރަތްވެރިކަމައްއާދެވިދާނެކަމައްތޯތިއަހީފުޅު ކުރައްވަނީމާތް‘ﷲއިރާދަކުރެއްވިއްޔާވެރިކަމަކައްނާދެވޭނެ).މިއަކީރާތްޖޭޓެރަތްޔިތުއްވެސްއެދޭގޮތް))ނިކައްވިސްނާތިބޭފުޅާފިކުރުކޮއްބަލަ).ރައިސްސޯލިހުމިހާރުވެސްތިއައުޅެނީފަޑިޔާރުގާޒީ އަށް)))2.ދެމިލިއަންރުފިއާއި).އަދިމުޅިއާލާއަށްވަޒީފާދީފައަދިއެވަރުއްނުފުދިގެއްބޭރުގައުމަކުއް 5.ބުރީގެޓިޕާޓުމައްޓެއްގަންދީފަ).އެއްވެސްހެއްކެއްނެތިރައިސްޔާމީނައްނުހައްގުހަރާމުހުކުމެއްއިއްވާފަތިއައުޅެނީކެއްޕޭންކުރައްރައިސްސޯމިހުގެލަދުހަޔާތުގެކަންފުޅެއްވެސްނެތީތޯއޭ