ޒަމާނީ ފެންވަރަށް ނ.ހޮޅުދޫގެ މަގުތަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެކުރިން ކުރާ ސާވޭ ފަށައިފިއެވެ.
މި މަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ހޮޅުދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިން މިނިސްޓްރީން އާރުޑިސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުއެވެ.
އާރުޑީސީން ވިދާޅުވެފައިވަނީ މިމަސައްކަތުގެ ސަރވޭގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށާ، މަސައްކަތަށް ބޭނުންވާ ސައިޓް މޮބިލައިޒްކޮށް މަގުހެދުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް އާރުޑީސީން ވިދާޅުވެއެވެ.
ނ.ހޮޅުދޫ މަގުހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އާރުޑީސީ އާއި އެރަށުގެ ކައުންސިލް އަދި ސްޓޭކްހޯލްޑަރުންނާއި މިއަދުވަނީ ބައްދަލުކުރެވިފައި. އަދި ހަދަން ހަމަޖެހިފައިވާ މަގުތަށް ވަނީ ބަލާލެވިފައި. #TeamRDC pic.twitter.com/vDwWh4X1zQ
— Road Development Corporation Ltd (@rdcmaldives) December 13, 2022
މިމަޝްރޫޢުގެ ދަށުން އެރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. މަގުހެދުމުގެ މަސައްކަތުގެ ދަށުން ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިމަސައްކަތަކީ 1 އަހަރާއި 3 މަސް ދުވަހުން ނިންމާގޮތަށް ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ