މުޒާހަރާ ކުރުމާއި، އެއްވެ އުޅުމާއި، ސިޔާސީ ވާހަކަ ދެއްކުމަށް މިހާރު ޖާގައެއްނެތް: ޔާމީން

މުޒާހަރާ ކުރުމާއި، އެއްވެ އުޅުމާއި، ސިޔާސީ ވާހަކަ ދެއްކުމަށް މިހާރު ޖާގައެއްނެތް: ޔާމީން

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2022 11:18
0

ސިޔާސީ ގޮތުން އެމީހަކު ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމަށާއި، އެއްވެ އުޅުމަށް ޤާނޫނުން ފަހިކޮށްފައިވާ ޖާގަ މިހާރުގެ ސަރުކަރުން ނިގުޅައިގަނެފައިވާކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައިސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަތް ނ.ހޮޅުދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔަމީން ވިދާޅުވީ ޤާނޫނު އަސާސީން ކޮންމެ މީހަކަށް އެމީހަކު ފާޅުކުރަން ބޭނުންވާ ޚިޔާލް ފާޅު ކުރުމާއި، އެއްވެ އުޅުމަށް ޖާގަ އެބައޮތްކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ ސަރުކާރުން އެޖާގަތައް ބަންދުކޮށް ސަރުކާރުން ނުރުހޭ ވާހަކައެއް ދައްކައިފިނަމަ ހިފާ ހައްޔަރު ކުރާ މަންޒަރުކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައިވެސް މިއަދު ފެނިގެންދަނީ ސަރުކާރުން ބޭނުންވާ މައްސަލައެއް ވެއްދި ކަމުގައިވީނަމަވެސް ބޭރުކޮށްލާ މަންޒަރުކަމަށާއި، ސަރުކާރު ނޭދޭގޮތަކަށް އެއްވެސް ކަމެއް ވުމަކީ މިއަދު ރާއްޖޭގައި ނުކުރެވޭ ކަމަކަށް ވެފައިވާކަމަށެވެ. އަދި ޒުވާން ކަނބަލުންނާއި، އެތައް ރައްޔިތުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން ނިކުތުމުން ކަރުނަގޭސް ޖަގައި ހާލަތާއި ނުބައްދަލުގެ ބާރުގެ ބޭނުންކޮށް އެތައް އަނިޔާއެއް ދެމުންދާކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ނުރުހުނަސް އަދި ކިތަންމެ ބަޔަކު ހިފާ ހައްޔަރުކޮށް ޖަލަށް ލިޔަސް މިނިވަންކަމުގެ ދިފާއުގައި ދިވެހިން ކުރަމުންދާ މަަސައްކަތުގައި ފަހަތަށް ނުޖެހޭނެކަމަށެވެ. ދިވެހި ރައްޔިތުން ޤައުމުގެ ހައްގުގައި މިއަދު ކުރަމުންދާ ޖިހާދަކީ މިވަތަން މިނިވަންކަންމަތީ ބޭއްވުމުގެ މަސައްކަތް ކަމުގައެވެ.

އިންޑިއާގެ އަވަށަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ރައްޔިތުން ނުރެހޭކަން ހާމަކޮށް "އިންޑި އައުޓް"ގެ ނަމުގައި ހިންގާ ހަރަކާތްވެސް ރައީސްގެ ޤަރާރަކުން ހުއްޓުވާފައިވާކަމީ ހުދުމުހުތާރުކަން ހާމަވާކަމެއްކަމަށެވެ. ރައްޔިތުންނަށް އޮޅުވާލައިގެން މިނިވަންކަން ވިއްކާލަން ކުރި މަަސައްކަތް މިއަދު މަޑުމަޑުން ތިލަވަމުންދާކަން ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން އދ.ގެ އާންމު މަޖިލީހުގެ ގޮޑި މިނިސްޓަރ ޝާހިދަށް ހޯއްދެވީ އިންޑިއާއަށް ބޮޑު އަގެއް ދައްކާ ގޮތަށް ކަމަށާއި، މިއަދު ރާއްޖޭގެ ކަނޑުން ބޮޑުބައެއް އެހެން ބަޔަކަށް ދޭން ޖެހިފައިވަނީ މިކަމުގެ އަގަކަށް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިފަދަ އަޑިނޭގޭ ކިތަންމެ ކަމެއް މިސަރުކާރުން އިންޑިއާއާއިއެކުގައި ހަދާފައިވާކަމަށާއި، އަންނަ ވެރިކަމުގައި މިކަންކަމުން ސަލަމަތްވުމަށް ކުރަންޖެހޭ މަސައްކަތް މާބޮޑުކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ މިޖަކްސާގައި ހޮޅުދޫ ރައްޔިތުން އެދުނު ބައެއްކަންކަން އަންނަ ވެރިކަމުގައި ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޒުވާނުން ބޭނުންވިގޮތަށް ދަތުރުދާން ރަށެއް ހޮޅުދޫ ކައިރިން ހަމަޖައްސައި ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ހޮޅު ކައިރީގައި އެއާޕޯޓެއް ތަރައްޤީ ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ޔާމީން ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފޮޅި
މިކަހަލަ ވާހަ ޔާމީނު ދެއްކީމަ އަޅެ ހިއްޔެއް ނާދޭތަ. ދެން މަ ހީ ހީ ........!