އިނގިރޭސި ރާނީ އަވަހާރަވުމުގެ ހިތާމަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރުން
އެމެރިކާގެ ކެޕިޓަލް ހިލްގައި, ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި
ސެންޓްރަލް ލަންޑަންގެ ބަކިންގހަމް ޕެލަސްގެ ބޭރުގައި މީހުން ރާނީއަށް އިހުތިރާމް އަދާ ކުރަނީ
ލަންޑަންގައި ކުރިޔަށްދާ ޔޫރަޕިއާން ކޮންފަރެންސް ލީގުގެ މެޗެއް ފެށުމުގެ ކުރިން ހިމޭންކަމުގެ ސުކޫތެއް ގެންނަނީ
ޕޮލޭންޑުގެ ވެރިރަށް ވާސޯގައި ހުންނަ ބްރިޝް އެމްބަސީގެ ފެންސް ކައިރީގައި އަންހެން ކުއްޖަކު ރާނީގެ މަރުގެ ޚަބަރު ލިބުމާއެކު އުށްބަތިތަކެއް ދިއްލަނީ
ކެނެޑާގެ އޮޓާވާގައި ހުންނަ ގާނޫނުހަދާ މަޖިލިހުގެ އިމާރާތުގެ ޕީސް ޓަވަރުގައި ރާނީގެ ތަޚުތުގެ ފޮޓޯ
އެމެރިކާގެ ނިއުޔޯކުގައި އޮތް އެމެރިކަން ބޯލް މެޗެއްގައި ރާނީއަށް އަވަހާރަވުމުގެ ހިތާމާގައި ސުކޫތެއް ގެންނަނީ
ރާނީ އަވަހާރަ ވުމާއި ގުޅިގެން ބްރެޒިލްގައި ތިން ދުވަހުގެ ހިތާމަ ފާޅުކުރުން އިއުލާން ކުރުމަށްފަހު, ރިއޯޑީ ޖެނީރޯގައި ހުންނަ ކްރިސްޓް ދަ ރީޑީމާ ބުދު "ދަ ޔޫނިއަން ޖެކް ފްލެގް" ގެ ކުލަތަކުން ދިއްލާލާފަ
ވޮޝިންޓަން ޑީސީގައި ހުންނަ ބްރިޓިޝް އެމްބަސީގެ ބޭރުގައި މާ ބޮނޑިތައް ބަހައްޓާފަ
ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ބްރިޓިޝް އެމްބަސީގެ ބޭރުގައި "ދަ ޔޫނިއަން ޖެކް ފްލެގް" ބައިދަނޑިއަށް ތިރި ކުރެވިފަ
ފްރާންސްގެ ޕެރިސްގައި ހުންނަ އެއިފިލް ޓަވަރު ރާނީގެ ހަނދާނުގައި ދިއްލާލާފައި
އޮސްޓްރޭލިއާގެ މެލްބަންގެ ގަވަރމަންޓް ހައުސްގެ ބޭރުގައި ވިކްޓޯރިއާގެ ގަވަރުނަރުއާއި އޭނާގެ ފިރިމީހާ ރާނީގެ ހަނދާނުގައި މާބޮޑިއެއް ބާއްވަނީ
ކެނެޑާގެ އޮޓާވާގެ ނޭޝަނަލް އާރޓް ސެންޓަރރުގައި ރާނީގެ ފޮޓޯ ފެންނަ ގޮތަށް ޑިސްޕޭލޭއިން ދިއްލާފަ
އޮސްޓްރޭލިއާގެ ކެމްބެރާގެ ޕާލަމެންޓް ހައުސްގައި ބާއްވާފަ އޮތް ހަނދާނީ ފޮތުގައި އެތަނަށް ޒިޔާރަތްކުރި މީހަކު ލިޔަނީ
ކޮމެންޓު ފޮނުވާ