ޓެކްސް ބޮޑުކުރުމުން 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ!

ޓެކްސް ބޮޑުކުރުމުން 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ!

ޓެކްސް ބޮޑުކުރުމުން ދައުލަތަށް އިތުރު 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރުން ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.އަދި ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ އަހަރު ޓީޖީއެސްޓީ އަށް ލިބުނު އަދަދަށް ހަތަރު ޕަސެންޓު އިތުރު ކުރުމުން ޓީޖީއެސްޓީން 1.5 ބިލިއަން ރުފިޔާ އިތުރަށް ލިބޭކަމަށް ދައްކައެވެ. އަދި ޖީއެސްޓީ އަށް އިތުރު 850 މިލިއަން ރުފިޔވެސް ލިބޭނެކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމާއެކު ޓީޖީއެސްޓީން 6 ބިލިއަން ރުފިޔާ އަށް އިތުރުވާއިރު، ޖީއެސްޓީ 3 ބިލިއަނަށް ވުރެ މައްޗަށް އަރައެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ ކޯވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އޭރު  ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީއެސްޓީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓީޖީއެސްޓީ އަށް ލިބުނު އަދަދަށް ހަތަރު ޕަސެންޓު އިތުރު ކުރުމުން ދައުލަތަށް ޓީޖީއެސްޓީން އިތުރަށް 1.6 ބިލިއަން ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެ އަހަރު ޖީއެސްޓީ އަށް ލިބުނު އާމްދަނީ އަށް ދެ ޕަސެންޓު އިތުރު ކުރުމުން ދައުލަށް ޖުމްލަ އާމްދަނީ އަށް 950 މިލިއަން ރުފިޔާ އިތުރުވާނެކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން. ޓެކްސް ބޮޑުކުރުމުން ދައުލަތުގެ އާމްދަނީއަށް 2.6 ބިލިއަން ރުފިޔާ އިތުރުވާނެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ.

އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިސްޓް ބިމުކުލި ކުޑަކުރަން ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނިކޮށް، އެމްއެމްއޭ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެއީ މިވަގުތު ކުރުން ރަނގަޅު ކަމެއް ނޫންކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޥެރިންނާބޮޑެތިމީހުންގެހަރަދަންތިޖޫރީހުސްކޮންފަ ދެނަވެސްފައިސާނަގަނީ އާމުރައްޔިތުންގެއަތުން މޑޕ ވެރކަމުގާމުޅިންވެސް އާމުންގެމަސެތްކަތުންހޯދާ ފައިސާކޮޅުއަތުލާގެންމުޅިންވެސް ކަމެއްކުރިޔަސްކުރާނޭ ކިހާބޮޑުކަމެށް އެއްމެންއިސްތިއުފާދޭފަގެއަށްދާންވީނު

Leave a Reply

Your email address will not be published. Required fields are marked *