މިދިޔަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑާ ރާއްޖެއިން ހަވާލުވަނީ - ފޮޓޯ: ޑަބްލިއުޓީއޭ

އިންޑިއާ ކަނޑުގެ އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު 13 ވަނަ ފަހަރަށް ރާއްޖެއަށް

އިންޑިއާ ކަނޑުގެ އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު 13 ވަނަ ފަހަރަށް ރާއްޖެއަށް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، “ވޯލްޑް ޓްރެވަލް އެވޯޑްސް”ގެ އިންޑިއަން އޯޝަން ކެޓަގަރީން 4 އެވޯޑެއް ރާއްޖެ އަށް ލިބިއްޖެއެވެ.

މިއަހުގެ އެވޯޑުގައި ރާއްޖެއިން ވަނީ ޖުމްލަ 10 ކެޓަގަރީއަކުން ވާދަކޮށްފައެވެ. އެތަނުން ރާއްޖެއިން އެވޯޑު ހޯދީ:

އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން 2020
އިންޑިއަން އޯޝަންސް ލީޑިން ކުރޫޒް ޑެސްޓިނޭޝަން 2020
އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2020
އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2020

މި ހަތަރު ކެޓަގަރީން ނެވެ. އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ރާއްޖެއިން ހޯދި މިއީ 13 ވަނަ ފަހަރެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ އެވޯޑް ހޯދި ފަރާތްތައް އިއުލާނުކޮށްފައި ވަނީ މި މިމަހުގެ 10 ވަނަދުވަހު ބޭއްވި ވާޗުއަލް އިވެންޓެއްގަ އެވެ. މި އިވެންޓްގައި ރާއްޖެ ތަމްސީލް ކޮށްދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބް މުޙައްމަދެވެ.

ރާއްޖެއަށް އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބުމުން ދެއްކެވި ވާހަކަފުޅުގައި ޠައްޔިބް ވިދާޅުވީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ މުހިންމުކަން އެންމެނަށްވެސް އެނގޭ ކަމަށާއި، އިންޑިއާ ކަނޑުގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑު ލިބުމުން، ރާއްޖެއަށް ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑު ހޯދުމަށް އެއް ފިޔަވަޅު ގާތަށް ޖެހެވިއްޖެ ކަމަށެވެ.

“ހުރިހާ ފަތުރުވެރިންވެސް ރާއްޖެއަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. އަޅުގަނޑުމެންގެ މި ޖަޒީރާ ރަށްތަކަކީ މިދަނޑިވަޅުގައި ދަތުރުކޮށްލުމަށް އެންމެ ރައްކާތެރި އެއް މަންޒިލް”
– ޠައްޔިބް މުޙައްމަދު

27 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް މި ލިބުނު ކާމިޔާބުގެ ސަބަބުން، ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ކޮޅަށްޖެހުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެން ހިނގައްޖެކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

މިދިޔަ އަހަރު ވެސް ދިވެހިރާއްޖެއިން ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގް ކެޓަގަރީން ވަނީ ފަޙުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން ހިމެނެއެވެ.

 

މިދިޔަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑާ ރާއްޖެއިން ހަވާލުވަނީ – ފޮޓޯ: ޑަބްލިއުޓީއޭ

މީގެ އިތުރުން ރާއްޖެއިން ވަނީ ފާއިތުވި 17 އަހަރުގެތެރޭ އިންޑިއާ ކަނޑުގެ އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު 12 ފަހަރު ހޯދާފައެވެ. މި އަހަރު މިއީ 13 ވަނަ ފަހަރެވެ. މި އެވޯޑަށް ފާއިތުވި 17 އަހަރު ދުވަހު ރާއްޖެއާ އެންމެ ވާދަކުރީ މޮރީޝަސް އާއި ސީޝަލްސެވެ.

1993 ވަނަ އަހަރު ދޭންފެށި ވޯލްޑް ޓްރެވަލް އެވޯޑްގެ މަޤްސަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ޚާއްސަ ކާމިޔާބީތައް ޙާސިލްކުރާ ފަރާތްތައް ފާހަގަކުރުމެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ބެލެވޭ އެވޯޑެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.