ޔުކްރެއިނަށް ވަކިގޮތެއް ފަލަޞްޠީނަށް ވަކިގޮތެއް ގެންގުޅޭކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްތަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ.ޝަހީމަކީ އަބަދުވެސް ފަލަސްޠީނާއި އެ ޤައުމުގެ މުސްލިމް ރައްޔިތުންގެ ދިފާޢުގައި އަޑުއުފުއްލަވާ ބޭފުލެކެވެ. ޔުކްރެއިނަށް ވަކިގޮތެއް ފަލަޞްޠީނަށް ވަކިގޮތެއް ގެންގުޅެނީ ކިއްވެތޯ ޝަހީމް ސުވާލުކުރައްވާފައި މިވަނީ، ޔޫކްރެއިންނަށް ރަޝިޔާއިން އަރާ ހަނގުރާމަކުރާ މައްސަލާގައި ދުނިޔޭގެ ބޯޑެތި ބާރުތަކާއި ޤައުމުތައް އަދި އދ.ގެ ބާރުގަދަ ގުނަވަންތަކުން ކުށްވެރިކޮށް ހަނގުރާމަ ހުއްޓުވުމަށް ބާރު އަޅައި ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިނަމަވެސް ފަލަސްޠިންގެ ދިފާޢުގައު އެ ފަރާތްތަކުން ނުތެދުވާތިއެވެ.
ޝަހީމް ވިދާޅުވީ، މުސްލިމުންގެ މުޤައްދަސް އަޤުޞާ މިސްކިތްތަށް ޒަޔަނިސްޓުން ވަދެ ނަމާދަށް ތިބި މީހުން މަރައި ޖަަރީމާ ހިންގަމުންދާ އިރު، ޔޫއެންއާއި ދުނިޔޭގެ ޢަދުލުގެ ނިޒާމާމެދު އަޖައިބުވާކަމަށެވެ. ޔު
މުސްލިމުންގެ މުޤައްދަސް އަޤުޞާ މިސްކިތްތަށް ޒަޔަނިސްޓުން ވަދެ ނަމާދަށް ތިބި މީހުން މަރައި ޖަަރީމާ ހިންގަމުންދާ އިރު، ޔޫއެންއާއި ދުނިޔޭގެ ޢަދުލުގެ ނިޒާމާމެދު އަޖައިބުވަން. ޔުކްރެއިނަށް ވަކިގޮތެއް ފަލަޞްޠީނަށް ވަކިގޮތެއް ގެންގުޅެނީ ކީއްވެ؟ އަނިޔާއާ ދެކޮޅަށް އަޑު އުފުލަންޖެހޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 17, 2022
ޝަހީމް މި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިސްރާއީލުން ގެންދަނީ މި ރަމަޟަންމަހު މުސްލިމުންގެ މުގައްދަސް މަސްޖިދުލް އަޤްޞާއަށް ހަމަލާ ދެމުންނެވެ.
އަލް އަގްސާ މިސްކިތް ކައިރީގައި އިސްރާއީލު ސިފައިންނާ ފަލަސްތީންގެ ރައްޔިތުންނާ ދެމެދު ހަމަނުޖެހުން ހިގާފައި މިވަނީ، ރޯދަމަހުގެ ދެވަނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް މިސްކިތަށް މީހުން އެއްވާން ފަށާފައި ވަނިކޮށެވެ. އަދި މި ހަމަނުޖެހުންތައް ހިގާފައި މިވަނީ އިސްރާއީލުގައި ދިން ބަޑީގެ ހަމަލާތަކެއްގައި ފާއިތުވެދުޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުގެ 14 މީހަކު މަރުވުމާއި ގުޅިގެން މަސްރަހު ވަރަށް ބޮޑަށް ހޫނެވެފައި ވަނިކޮށްވެސްމެއެވެ.
ފަލަސްތީނުގައި މިއަހަރުގެ ރޯދަމަސް ދިމާވަނީ، ޔަހޫދީންގެ ބަންދެއް ކަމުގައިވާ "ޕާސްއޯވަރ" ބަންދާއި ދިމާވާ ގޮތަށެވެ. ހަފްތާއަކަށް ދެމިގެންދާ ޔަހޫދީންގެ މި ބަންދު ފެއްޓެނީ ހުކުރު ދުވަހުގެ އިރު އޮއްސުމާއި ހަމައިންނެވެ. އަދި ކުރިސްޓިއަކުން ފާހަގަކުރާ އީސްޓަރ ބަންދުވެސް މިފަހަރު ރޯދަމަހާއި ދިމާވެއެވެ. އީސްޓަރ ބަންދު ފެށެނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.
އަދި މި ބަންދުތަކުގައި ކުރިސްޓިއަނުންނާއި ޔަހޫދީންގެވެސް އެތައް ހާސްބަޔަކު އަޅުކަންތައް އަދާ ކުރުމަށްޓަކާ ޖެރޫސެލަމްއަށް ޒިޔާރަތް ކުރެއެވެ. ޖެރޫސެލަމްއަކީ މުސްލިމުންނާއި، ޔަހޫދީން އަދި ކުރިސްޓިއަނުންވެސް ޚާއްސަކަމަށް ދެކޭ ދީނީ ބިނާތައް ހުރި ސިޓީއެކެވެ.
އަލް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދު ބަލަހައްޓަމުންދާ ފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ފަތިސް ނަމާދަށް އެތައް ހާސް މުސްލިމުން ޖަމާވެފައި ވަނިކޮށް، އިސްރާއީލުގެ ސިފައިންވަނީ ގަދަކަމުން އަލް އަގުސާ މިސްކިތަށް ވަދެގެންފައެވެ. އިސްރާއީލު ސިފައިން ބުނެފައިވަނީ މިސްކިތަށް ވަދެގެންފައިވަނީ، ހަމަ ނުޖެހުން ހިންގުމަށް ގަލާއި ހިލަފަދަ ތަކެތި މިސްކިތްތެރޭގައި ޖަމާކޮށްފައި ވާކަމަށް ޝައްކު ކުރެވިގެން ކަމުގައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް އެމަޖެންސީ ސާވިސްއިން ބުނެފައިވަނީ، މި ހަމަނުޖެހުންތަކުގައި އަނިޔާވެގެން 59 މީހަކު ހޮސްޕިޓަލަށް ގެންދެވިފައި ވާކަމުގައެވެ.
މާތްވެގެންވާ އަލް އަގުސާ މިސްކިތް ހުންނަ އިރުމަތީ ޖެރޫސެލަމް އިސްރައީލުން ހިފާފައިވަނީ 1967 ވަނަ އަހަރުއެވެ. އެއަށްފަހު މިއީ އިސްރާއީލުގެ ބައެއްގެ ގޮތުގައި އެގައުމުން ކަނޑައަޅާފައި ވިނަމަވެސް، ބައިނަލް އަގުވާމީ ގޮތުން އިސްރާއީލުގެ މިނިންމުން ބަލައިގެންފައެއް ނުވެއެވެ.
One Response
މުޅިދުނިޔެއާ ދެކޮޅައް އިސްރާއީލުން ފަލަސްތީނާ ހަގުރާމަ ވެވެނީ ކިހިނެއް؟ފަލަސްތީނު ގެ ބިންތައް ފޭރެންޏާ ﷲގެ އަޒާބައް ހުރިހާމުސްލިމުން ގެ ހަގީގީ ހަތިޔާރު ނަގައް ފަސްޖެހިގެނެއްނުވާނެ އިިޒްރޭލުގެ ކާފަރުން ބިމުންފޮހެލަން