ޓެރަރިސްޓު ހަމަލައަށްފަހު ހަތިޔާރު އެޅި ފުލުހުން ވިއެނާގެ ސްޓޭޓް އޮޕެރާ ކައިރީގައި ޕާކް ކޮށްފައި އޮތް ކާރެއް ގާޑު ކޮށްގެން

ވިއެނާގައި ދިން ޓެރަރިސްޓް ހަމަލާގައި 4 މީހަކު މަރުވެއްޖެ

ވިއެނާގައި ދިން ޓެރަރިސްޓް ހަމަލާގައި 4 މީހަކު މަރުވެއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހަތިޔާރު އެޅި ބަޔަކު ހޯމަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް އައިއިރު 4 މީހަކު މަރުވެ މަރުވެ 14 މީހުން ޒަޚަމް ވެފައިވާކަމަށް އެގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ޕޮލިސް އޮފިސަރަކުވެސް ހިމެނެއެވެ.

އޮސްޓްރިއަން ޗާންސެލަރ ސެބަސްޓިއަން ކާޒް ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ، އުމުރުން ދުވަސް ފިރިހެނަކާއި އަންހެނެއްގެ އިތުރުން މަގުމަތީގައި ހިގާފައިދިޔަ ޒުވާނެއްގެ އިތުރުން ކެފޭއެއްގައި މަސައްކަތް ކުރަމުންދިޔަ ވެއިޓަރެކެވެ. މަރުވި އާންމުންގެ އިތުރުން މިހަމާލާދިން ހަތިޔާރުއެޅި މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.

އޮސްޓްރިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިހަމަލާ ދީފައިވަނީ ހައްދު ފަހަނަ އަޅާފައިވާ އިސްލާމިކް ފިކުރުގެ މީހުންނެވެ. އޮސްޓްރިއާގެ ވެރިކަން ކުރާ ރަށް ވިއެނާގެ މޭޔަރު ވިދާލުވާގޮތުގައި ހަމަލާދިން އެކަކު ހުރީ އަސްލު ނޫން ގޮވާތަކެތި ހިމެނޭ ބެލްޓެއް އުނަގަޑުގައި އައްސައިގެންނެވެ. އަދި އޭނާއާއި ފުލުހުންނާއި ދެމެދު ބަދަލު ކުރެވުނު ހަމަލާތަކުގައި މިމީހާ ވަނީ މަރާލެވިފައެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި ހަތިޔާރު އެޅި ދެވަނަ މީހަކު ސިޓީގެ އެކި ސަރަހައްދުތަކުގައ ހަރަކާތްތެރި ނުވާކަމުގެ ޔަގީންކަމެއް އަދި ދެވޭކަށް ނެތެވެ.

މިގޮތުން ޝައްކު ކުރެވޭ މިމީހާ ހޯދުމަށްޓަކާ މިހާރު ވަރަށް ވަރުގަދަ ޕޮލިސް އޮޕަރޭޝަނެއް ވިއެނާގައި ކުރިޔަށް ދާކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ރަސްމީ އިދާރާތަކުން ދަނީ އާންމު ރައްޔިތުން ގޭގައި މަޑުކުރުމަށާއި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ. ވިއެނާގެ ސްކޫލްތައް މިއަދު ވަނީ ބަންދު ކޮށްފައެވެ.

އޮސްޓްރިއާގެ ޗާންސެލަރ ސެބަސްޓިއަން ކާޒް ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެ ރޭގެ ޓެރަރިސްޓު ހަމަލާއަކީ މިނިވަން ފިކުރާއި ދެކޮޅަށް ދެވުނު ހަމަލާއެއްކަމަށާއި އެގައުމުން ގަބޫލުކުރާ އުސޫލުތަކާއި ހަމަތައް އެގައުމުން ހިމާޔަތް ކުރާނެކަމަށެވެ.
ޗާންސެލަރ ވަނީ އަންގާރަދުވަހުގެ ރޭގެ ވިއެނާގެ ގަޑިން 12 ޖަހާއިރު، މި ހަމަލާގައި މަރުވެދިޔަ މީހުންގެ ހަދާނުގައި އޮސްޓްރިއާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އޮސްޓްރިއާއަކީ ޔޫރަޕްގެ ނުވަ ގައުމުގެ ތެރޭގައި ހިމެނޭ އެއްގައުމެވެ. އަދި މިގައުމުގެ ކެޕިޓަލް ވިއެނާއަކީ އެގައުމުގެ އެންމެ ބޮޑު ސިޓީއެވެ. މި ސިޓީގައި 8 މިލިއަން މީހުން ދިރިއުޅެމުން ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.