އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ ބައެއް ސަރަހައްދުތައް ޕޮލިހުން ބަންދު ކޮށްފައި

ވިއެނާގެ ހަ ސަރަހައްދެއްގައި ވަނީ ޓެރަރިސްޓު ހަމަލާތައް ދީފައި، ޕޮލިހުން ދަނީ ޝައްކު ކުރެވޭ މީހުން ހޯދަމުން

ވިއެނާގެ ހަ ސަރަހައްދެއްގައި ވަނީ ޓެރަރިސްޓު ހަމަލާތައް ދީފައި، ޕޮލިހުން ދަނީ ޝައްކު ކުރެވޭ މީހުން ހޯދަމުން

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހަތިޔާރު އެޅި ބަޔަކު ދީފައިވާ ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް އައިއިރު އެކަކު މަރުވެ 15 މީހުން ޒަޚަމް ވެފައިވާކަމަށް އެގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ.

އޮސްޓްރިއަން ޗާންސެލަރ ސެބަސްޓިއަން ކާޒް ހާމަ ކޮށްފައިވާ ގޮތުގައި ހަތިޔާރާއެކު ވިއެނާގެ އެންމެ ކާރޫބާރޫ ބޮޑެތި މަގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ ޓެރަރިސްޓުން ވަނީ ވިއެނާގެ ހަ ސަރަހައްދެއްގައި ހަމަލާދީފައެވެ. މިހަމަލާތަކުގައި މަގުމަތީގައި ހިގާފައި ދިޔަ ދެމީހަކު މިހާތަނަށް އައިއިރު ވަނީ މަރުވެފައެވެ. އަދި ފުލުހުންނާއި ބަދަލު ކުރެވުނު ހަމަލާތަކުގައި ހަތިޔާރުއެޅި މީހުންގެ ތެރެއިން މަދުވެގެން އެކަކު މަރުވެފައިވާ ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

ވެރިރަށް ވިއެނާގެ މޭޔަރު މައުލޫމާތު ދޭގޮތުގައި ހަތިޔާރުއެޅި މީހުން ދިން ހަމަލާތަކުގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެވެމުން ދަނިކޮށް އިތުރު އަންހެނަކު ވަނީ އަންގާރަ ދުވަހު ހެނދުނު މަރުވެފައެވެ.

މިހާތަނަށް އައިއިރު ހަތިޔާރުއެޅި އެކަކު މަރުވެފައިވާއިރު، އިތުރު އެކަކު އަދިވެސް ހަތިޔާރާއެކީ ވިއެނާގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ޚަބަރު ލިބެއެވެ.

މިހަމަލާތައް ފެށިފައިވަނީ ވިއެނާގެ ގަޑިން ހެދުނު 8 ޖެހިއިރު، ކެޕިޓަލް ސިޓީގެ ސެއިޓެންސެޓެޓަންގަސް ސަރަހައްދުގައެވެ. އެންމެ ފުރަތަމަ ވިއެނާގެ 6 ސަރަހައްދެއްގައި ހަމަލާ ބަދަލު ކުރެވިފައިވާކަމަށް ވިއެނާގެ ފުލުހުން މަޢުލޫމާތު ދީފައި ވެއެވެ.

މިހަލާގައި ޝައްކު ކުރެވޭ މީހުން ހޯދުމަށްޓަކާ މިހާރު ވަރަށް ވަރުގަދަ ޕޮލިސް އޮޕަރޭޝަނެއް ދަނީ ވިއެނާގައި ކުރިޔަށް ދަމުންމެވެ. އަދި ރަސްމީ އިދާރާތަކުން ދަނީ އާންމު ރައްޔިތުން ގޭގައި މަޑުކުރުމަށާއި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ. ވިއެނާގެ ސްކޫލްތައް މިއަދު ވަނީ ބަންދު ކޮށްފައެވެ.

ކެޕިޓަލް ސިޓީގައި ހަރަކާތްތެރިވަމުންދާ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާރު ދޭގޮތުގައި ސިޓީގެ އެކި ސަރަހައްދުތަކުން އަދިވެސް ދޭތެރެ ދޭތެރެއިން ސައިރަންގެ އަޑު އިވެމުންދެއެވެ. އަދި ހެލިކޮޕްޓަރުތަކުގެ އަޑުތައްވެސް ކެޑިނޭޅި އިވެމުންދެއެވެ.

މިހަމަލާތަކުގައި މިހާތަނަށް އައިއިރު 15 މީހަކު ޒަޚަމްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އޮސްޓްރިއާގެ އިންޓީރިއަރ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ރޭވިގެން ހިންގާފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި، މިހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދުމަށް ލިބިފައިވާ ހުރިހާ ވަސީލަތެއްގެ ބޭނުން އެގައުމުން ކުރާނެއެވެ.

އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަގުރާމާގައި އެގައުމުން ފަހަތަށް ނުޖެހޭނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޮސްޓްރިއާއަކީ ޔޫރަޕްގަ ނިމެނޭ ނުވަ ގައުމުގެ ތެރޭގައި ހިމެނޭ އެއްގައުމެވެ. އަދި މިގައުމުގެ ކެޕިޓަލް ވިއެނާއަކީ އެގައުމުގެ އެންމެ ބޮޑު ސިޓީއެވެ. މި ސިޓީގައި 8 މިލިއަން މީހުން ދިރިއުޅެމުން ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.