ސްކޫލުގައި ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ސްކޫލުގައި ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންކަމަށް ޕީޖީ އޮފީހުން ލަފާ ދެއްވާފައިވާތީ، ތުހުމަތު ކުރެވޭ މީހާ ވަނީ ބަންދުން ދޫކޮށްލާފައިކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މީމީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ރޭގެ ވަގުތެއްގައެވެ. މި މައްސަލާގައި ހައްޔަރު ކުރި މީހާ ދޫކޮށްލާފައިވާއިރު، އެ ސްކޫލްގެ ހުރިހާ އަންހެން މަސައްކަތު މުވައްޒަފުން ތިބީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައެވެ.

މި މައްސަލަ ފެންމަތިވުމުން އެ ސްކޫލުން ބުނީ އެ ކުއްޖާ ފާހާނާއަށް ގެންދަން ހަވާލުކުރީ މަސައްކަތު މީހަކާއި ކަމަށް އެ ކުއްޖާގެ އާންޓީ ބުނާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މުވައްޒަފެއްކަން ހަނދާން ނެތްކަމަށް އާންޓީ ބުނާކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ. މި މައްސަލަ ފެންމަތިވުމުން ގަލޮޅު ސްކޫލުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީޗަރުންގެ ބެލުމުގެ ދަށުން ދަރިވަރުން ފާހާނާއަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ސްކޫލްގެ އެކި ސަރަހައްދުގައި 18 ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓަރ ކުރަން ފަށާފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ މިއަދު މަޖިލީހުގައި ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެޑިއުކޭޝަން ދާއިރާގެ އެއްވެސް މުވައްޒަފަކަށް ތުހުމަތު ކުރެވި، އެކަން ސާބިތުވާ ހިސާބުން އެމީހަކު ވަޒީފާއިން ވަކިކުރާނެކަމަށެވެ. އެގޮތުން މިހާތަނަށް މިނިސްޓްރީއަށް ހުށަހެޅި މިބާވަތުގެ 40 މައްސަލައެއްގައި 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް 7 ވަރަކަށް މައްސަލަ ކުރިއަށްދާއިރު މިމައްސަލަތަކުގައި ތުހުމަތު ކުރެވޭ ހުރިހާ މުވައްޒަފުން ތިބީ ސަސްޕެންޑް ކުރެވިފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގަލޮޅު މަދަރުސާގައި ހިނގި ހާދިސާއަކީވެސް މިނިސްޓްރީއަށް ރިޕޯޓް ކުރި ވަގުތުން ފެށިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދިޔަ މައްސަލައެއްކަމަށާއި، އެވަގުތުން ފެށިގެން ތުހުމަތުކުރެވޭ އެންމެން ސަސްޕެންޑްކޮށް، މީހަކު ހައްޔަރު ކުރިކަމަށެވެ. ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި، ސްކޫލުތަކުގައި އޮފިސަރުން ތިބޭނެކަމަށެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް ސީސީޓީވީ ކެމެރާ ހަރުކޮށް މިފަދަ އަމަލުތަކަށް ޖާގަ ނުދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަރުދަނާ ކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.