ފްރާންސްގެ ރައީސް އެމަނޫލް މެކްރޮމް

މެކްރޮމް ވިދާޅުވަނީ މުސްލިމުންގެ އިހްސާސްތައް އެގިވަޑައިގަންނަވާ ކަމަށް

މެކްރޮމް ވިދާޅުވަނީ މުސްލިމުންގެ އިހްސާސްތައް އެގިވަޑައިގަންނަވާ ކަމަށް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ކީރިތި ރަސޫލާގެ ކާޓޫނު ކުރަހައިގެން ދުނިޔޭގެ މުސްލިމުންނަށް ކުރާ އަސަރު އެގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް، ދީނީގޮތުން ހައްދު ފަހަނާއަޅާ ދިއުމާއި ދެކޮޅަށް މަސައްކަތް ކުރެއްވުން ހުއްޓަވާ ނުލައްވާނެކަމަށް ވިދާޅުވެ އަދި އެއީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައި އޮތް ނުރައްކަލެއްކަމުގައި ފްރާންސްގެ ރައީސް އެމްނޫލް މެކްރޮމް ވިދާޅު ވެއްޖެއެވެ.

މެކްރޮމް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ، އިސްލާމް ދީނަކީ މުޅި ދުނިޔޭގައިވެސް މިއަދު ކާރިސާއެއްގެ ތެރޭގައި އޮތް ދީނެއްކަމުގައި ވިދާޅުވެ، އަދި ކީރިތި ރަސޫލާގެ ކާޓޫނު ކުރެހުން އޭނާ ދިފާޢު ކުރެއްވުމާއިގުޅިގެން ދުނިޔޭގެ އެތައް މިލިޔަން މުސްލިމުންގެ ނުރުހުން އޭނާއަށް އަމާޒުވެފައިވާ ދަޑިވަޅެއްގައެވެ.

އަންނަ ހޮނިހިރު ދުވަހު ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ، އަލްޖަޒީރާއަށް ދެއްވި މި އެކްސްކުލޫސިވް އިންޓަވިއުގައި މެކްރޮމް ވިދާޅުވެފައިވަނީ މުސްލިމުންގެ އިހުސާސްތައް އެގިވަޑައިގަންނަވާ ކަމަށާއި އަދި ހަމަ އެއާއެކު އޭނާގެ މަގުސަދު އެހެންމީހުންވެސް ދަންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ހަމައެކަނި މަގުސަދަކީ ދެކަމަކަށް މަސައްކަތްކުރުމެވެ. އެއީ ސުލްހަވެރިކަން ގާއިމްކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތް ކުރުމުވެ.

މި އިންޓަވިވްގައިވެސް އެނާ ވަނީ ފްރާންސްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތް ކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެއީ ވާހަކަ ދައްކައިގެން ކަމުގަވިޔަސް، ވިސްނުމާއި ލިޔުމުންނާއި އަދި ކުރެހުމުން ކަމުގަވިޔަސް އެމިނިވަންކަން އޮންނަޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްރާންސްގައި ކީރިތި ރަސޫލާގެ ކާޓޫނު ކުރަހާ އާންމު ކުރުމާއި ގުޅިގެން ދުނިޔޭގެ ބައެއް ލީޑަރުންގެ ފާޑުކިއުން ފްރާންސުގެ ރައީސަށް އަމާޒުވެފައި ވުމާއިގުޅިގެން އެކަމަށްވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އެނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބައެއް ލީޑަރުން ވަނީ ކަމުގެ ހަގީގަތް އޮޅުވާޅާފައެވެ. އަދި ކާޓޫނުތަކަކީ ފްރާންސްގެ ސަރުކާރުން ކުރެހި ކާޓޫނުތަކެއްގެ ގޮތުގައި ނުވަތަ ސީދާ އޭނާ ކުރެއްސެވި ކާޓޫނުތަކެއްގެ ގޮތުގައި ދުނިޔޭގެ ބައެއް ލީޑަރުން ސިފަކުރައްވަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތުވެސް އޭނާ ކުރެއްވިއެވެ. އަދި ބައެއް ފަރާތްތަކުން ކުރެހި ކާޓޫނުތަކަށް އޭނާ ތާޢީދު ކުރައްވާކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެނާ ވިދާޅުވިއެވެ. މެކްރޮމް ވިދާޅުވި ގޮތުގައި މި ކާޓޫނުތަކަކީ އޭނާ އާއި ނުވަތަ ފްރާންސްގެ ސަރުކާރާއި އެއްވެސް ގުޅުމެއް ހުރި ކާޓޫނުތަކެއް ނޫން ކަމަށާއި އެއީ މިނިވަން ނޫސްތަކަކުން ކުރަހާފައިވާ ކާޓޫނު ތަކެކެވެ.

ފްރާންސްގައި އެންމެ ފުރަތަމަ ކީރިތި ރަސޫލާގެ ކާޓޫން ކުރަހާ ޝާޢިއު ކޮށްފައިވަނީ އެގައުމުގަ ނެރެމުން އަންނަ ނޫހެއް ކަމުގައިވާ ޗާލީ ހެބްޑޯއިންނެވެ. މިކަމާއިގުޅިގެން 2015 ވަނަ އަހަރު މިނޫހުގެ އޮފީސްތެރެއަށް ހަތިޔާރު އެޅި ބަޔަކުވަދެ ވަނީ މިނޫހުގެ އެޑޮޓޯރިއަލް ބޯޑުގެ އެތައްބަޔަކު މަރާލާފައެވެ. އަދި މިނޫހުން ވަނީ މިހާދިސާއަށް 5 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު އަލުން މިކާޓޫތައް އެނޫހުގައި ޝާޢިއު ކޮށްފައެވެ.

އަލުން ކީރިތި ރަސޫލާގެ ކާޓޫނުތައް މިނޫހުގައި ޝާޢިއުކުރުމާއިއެކު އުފެދުނު ހިންހަމަ ނުޖެހުންތަކާއި ގުޅިގެން މެކްރޮމް ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މިކަން ދިފާޢުކުރައްވާފައެވެ. އަދި އޭގެފަހުން އޮކްޓޯބަރ މަހު އެގައުމުގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން އިސްމާލީ ދީނަކީ މިވަގުތު މުޅި ދުނިޔޭގައިވެސް ކާރިސާއެއްގެ ތެރޭގައި އޮތް ދީނެއްކަމުގައި އޭނާ ވިދާޅުވުމާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެތައް މިލިޔަން މުސްލިމުންނެއްގެ ނުރުހުމާއި ފާޑުއިއުން އޭނާއަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. ފްރާންސްގެ ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން މެކްރޮމް ވިދާޅުވެފައިވަނީ، އެނާ ބޭނުންފުޅުވަނީ ފްރާންސްގައި އިސްލާމްދިން ‘ރީފޯމް’ ކޮށް އެދީނަކީ ފްރާންސް ގަބޫލު ކުރާ ރިޕަބްލިކަން ހަމަތަކާއި އުސޫލަތަކަށް ތަބާވާ ދީނަކަށް އެގައުމުގައި ހެދުމަށެވެ.

ފްރާންސްގެ ސްކޫލެއްގައި އެސްކޫލުގައި ކިޔަވާދެމުންދާ ޓީޗަރަކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތި ރަސޫލާގެ ކާޓޫނު ދަރިވަރުންނަށް ދައްކާ ހެދުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޗެޗްނިއާއިން އެގައުމަށް ހިޖުރަ ކޮށްފައިވާ ރެފިއުޖީއަކު ވަނީ ވޭތުވެދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު، ފްރާންސްގެ ރަށްބޭރުގައި މިޓީޗަރު ގަތުލު ކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން ފްރާންސްގެ ރައީސްވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތް ކުރައްވާނެކަމަށް ވިދާޅުވެ މި ހާދިސާ ‘އިސްލާމިކް ޓެރަރިސްޓް’ ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ފްރާންސްގެ ރައްޔިތުން އެއްބައިވެ ތިބުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.