އިސްލާމް އާބާދުގައި އެޅުމަށް ހަމަޖެހިފައިވާ ޝްރީ ކްރިޝްނާ ޓެމްޕްލްގެ ކުރެހުމެއް

އިސްލާމް އާބާދުގައި ބޮޑު ފައްޅިއެއް އެޅުމުގެ ހުއްދަ ޕާކިސްތާނުގެ އިސްލާމިކް ކައުންސިލުން ދީފި

އިސްލާމް އާބާދުގައި ބޮޑު ފައްޅިއެއް އެޅުމުގެ ހުއްދަ ޕާކިސްތާނުގެ އިސްލާމިކް ކައުންސިލުން ދީފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ދީނީ ކަންކަމާއިބެހޭ ޕާކިސްތާނުގެ އެންމެ މަތީ ކައުންސިލް ކަމުގައިވާ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީން ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ހިންދީ ދީނުގެ ބޮޑު ފައްޅިއެއް އެޅުމުގެ ހުއްދަ ދީފިއެވެ. މި ކައުންސިލުން ނިންމާފައި ވަނީ ޕާކިސްތާނުގެ ބައި މަދު ހިންދޫންނަށް އެގައުމުގައި އަޅުކަން ކުރާނެ ތަނެއް ހުރުމަށް އިސްލާމީ ގާނޫނުން ފުރުސަތު ދޭކަމަށެވެ.

ޕާކިސްތަނުގެ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީއަކީ އެގައުމުގެ ސަރުކާރަށް ދީނީ ކަންކަމުގައި ލަފާ ދިނުމަށްޓަކާ ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް ސަރުކާރުން އުފައްދާފައި އޮންނަ ކައުންސިލެކެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެވެސް މެމްބަރެއްކަމުގައިވާ، އަދި ހިންދޫންގެ ލީޑަރެއްކަމުގައިވާ ލާލް މައްޅި ވަނީ އިސްލާމިކް ކައުންސިލްގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އޭނާއާއި ހަވާލާދީ ޚަބަރު ފަތުރާ ފަތާތްތަކުން މައުލޫމާތު ދޭގޮތުގައި، ކައުންސިލްގެ މިނިންމުމުގައި ވާގޮތުން، އަމިއްލަ ފަރާތްތަކުން ބިނާކުރާ އަޅުކަންކުރާ ތަންތަނަށް ދައުލަތުގެ ބަޖެޓުން ސީދާގޮތެއްގައި ޚަރަދު ނުކުރުމަށްވެސް ކައުންސިލުންވަނީ ސަރުކާރަށް ލަފާދީފައެވެ.

އިސްލާމް އާބާދުގައި ހިންދީ ދީނުގެ ފައްޅިއެއް އެޅުމުގެ މައްސަލާގައި ޕާކިސްތާނުގެ އިސްލާމިކް ކައުންސިލްއިން ސަރުކާރަށް ލަފާދީފައި މިވަނީ ފާއިތުވެދިޔަ ޖޫންމަހު މި ފައްޅި އިސްލާމް އާބާދުގައި ބިނާކުރުން ކުއްލިގޮތަކަށް ބޮޑުވަޒީރު އިމްރާންޚާން ހުއްޓުވާފައި ވަނިކޮށެވެ.

އިމްރާންޚާން ފައްޅި ބިނާކުރުން ހުއްޓުވާފައިވަނީ ދީނީގޮތުން ހަރުކަށި ވިސްނުމުގެ ފަރާތްތަކުން މިއީ ދީނީގޮތުން ހުއްދަނޫން ކަމެއްކަމުގައި ބުނެ ފައްޅި ބިނާކުރުން ގަދަކަމުން ހުއްޓުވާނެކަމުގެ އިންޒާރު ދިނުމާއި ގުޅިގެންނެވެ. އަދި އިމްރާންޚާން ނިންމެވީ ފައްޅި ބިނާ ކުރުމާއި ގުޅޭގޮތުން ޕާކިސްތާނުގެ އެންމެމަތީ ދީނީ ކައުންސިލްގެ ލަފާ ހޯއްދެވުމަށެވެ.

ކުރިން އިމްރާންޚާން ވަނީ މި ފައްޅި ބިނާކުރުމަށް 600،000 ޑޮލަރު ހަދިޔާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ފައްޅި ބިނާކުރުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ނުކުރެވޭނެކަމަށް ކައުންސިލުން ނިމްމާއިގުޅިގެން، ދެއްވަން ވައްދުވެ ވަޑައިގެންނެވި ފައިސާގެ އެހީތެރިކަމަށް ދެން ހައްދަވާނެގޮތެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

އިސްލާމިކް ކައުންސިލުން ދައުލަތުގެ ބަޖެޓުން ސީދާގޮތެއްގައި ފައްޅި ބިނާކުރުމަށް ޚަރަދު ނުކުރުމަށް ލަފާދީފައި ވާތީ، މިފައިސަ ހިންދޫންގެ ކޮމިއިނީޓިއަށް ދިނުމުގެ ފުރުސަތު އަދިވެސް ހުޅުވިފައި އޮތްކަމަށް ވެއެވެ. އެހެންކަމުން ހީންދޫ ކޮމިއުނިޓީގެ އިސް ފަރާތްތަކުން ބޭނުންވާ ކަންކަމަށް ފައިސާ ޚަރަދުކުރުމުގެ ފުސަތު އަދިވެސް ތަނަވަސްވެފައި އޮތްކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ބެލެވޭ ގޮތުގައި، ކައުންސިލްގެ މި ނިންމުމާއެކު، ޕާކިސްތާނުގެ އާބާދީ މަދު ނަސްލުތަކަށްވެސް ހަމަ ހަމަ ފުރުސަތު ހޯއްދަވާ ދެއްވުމުގެ ވައުދުތަކާއިއެކު ވެރިކަމަށް ވަޑައިގެންނެވި އިމްރާންޚާން، މި ފައްޅި ބިނާކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދެއްވާނެއެވެ.

މިވަގުތު ޕާކިސްތާނުގެ އިސްލާމް އާބަދުގައި ހިންދީ ދީނުގެ މީހުން އަޅުކަން ކުރާނެ ފައްޅިއެއް ނުހުރެއެވެ. އެއްމިލިއަންގެ އަބާދީއެއް އޮންނަ އިސްލާމް އާބާދުގައި ދިރިއުޅެމުންދަނީ 3000 ވަރަކަށް ހިންދީންނެވެ. އިސްލާމް އާބާދުގެ މެޖޯރިޓީއަކީ މުސްލިމުންނެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.