އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފް ސަރަހައްދުން ބިޔަ މުރަކަ ފަރެއް ފެނިއްޖެ

އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފް ސަރަހައްދުން ބިޔަ މުރަކަ ފަރެއް ފެނިއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ދުނިޔޭގައި އޮތް އެންމެ ބޮޑު މުރަކަ ފަރުކަމުގައިވާ، އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފުގެ ތެރޭގައި ވަކިން އޮތް ބޮޑު މުރަކަ ފަރެއް ދުނިޔޭގެ ސައިންސްވެރިން ހޯދައިފިއެވެ.

މިފަރުގެ އުސް މިނުގައި 500 މީޓަރު (1600 ފޫޓު) ހުރެއެވެ. އުސްމިނުން ބަލާކަމަށް ވާނަމަ މި ފަރުގެ ސައިޒު،  މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އިމާރާތެއް ކަމުގައިވާ އެމެރިކާގައި ހުންނަ އެމްޕަޔަރ ސްޓޭޓް ބިލްޑިންގ އަށްވުރެ އުސްވާނެއެވެ.

މުޅިން ވަކިން އޮތް މިފަރަކީ ފާއިތުދިތަ 120 އަހަރު ދުވަހުގެ ތެރޭގައި ސައިންސްވެރިންނަށް މިސަރަހައްދުން ފެނުނު މިފަދަ ފުރަތަމަ ފަރެވެ.

ދުނިޔޭގަ ކަޑުތައް ދިރާސާކުރާ ޖަމްއިއްޔާއެއް ކަމުގައިވާ ސްމިޓް އޯޝަން އިންސްޓިޓިއުޓުން ހޯމަ ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި މި ފަރު ފެނިފައިވަނީ އޮސްޓެރޭލިއާގެ ކުއީންސްލޭންޑާއި ދިމާލުން ދުރުން، ދިރާސާ ކުރުމުގެ ދަތުރެއްގައި އުޅެނިކޮށް ރިސާޗް އުޅަދެއްކަމުގައިވާ ފަލްކަރ އަށެވެ.

ސައިންސްވެރިންނަށް މި ބިޔަ ފަރު އެންމެ ފުރަތަމަ ފެނިފައިވަނީ، އޮކްޓޯބަރު 20 ވަނަ ދުވަހު، އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފްގެ އުތުރު ކޮޅުގެ ކަޑު އަޑީގެ ޗާޓު ކުރެހުމުގެ މަސައްކަތް ނިންމަމުން ދަނިކޮށެވެ.

މިފަރުގެ އުސްމިނުގައި 500 މީޓަރު ހުންނަ އިރު، މިއީ އެންމެ މަތީ ބުރިއާއި ހަމައަށް 381 މީޓަރު ހުންނަ އެމެރިކާގެ އެމްޕަޔަރ ބިލްޑިގއަށްވުރެ އުސް މިނެކެވެ. އަދި މީގެ އިތުރުން 305 މީޓަރު ހުންނަ ސިޑްނީ ޓަވަރާއި 451.9 މީޓަރު ހުންނަ މެލޭޝީއާގެ ޕެޓްރޮނާސް ޓުވިން ޓަވަރަށްވުރެވެސް މިފަރު އުސްކަމަށް ސައިންސްވެރިން ބުނެއެވެ.

އާދީއްތަ ދުވަހު، ސައިންސްވެރިންގެ ޓީމުން ވަނީ ސުބަސްޓިއަން ނަމަކަށް ކިޔާ ރޮބޮޓެއް ބޭނުން ކޮށްގެން މިފަރުގެ އެކިހިސާބުތައް ބަލާ ދިރާސާކޮށްފައެވެ. އަދި މިމަންޒަރުތައް ސައިންސްވެރިންގެ މިޓީމުން ވަނީ ވަގުތުން ދުރަށްވެސް ދައްކަފައެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ތުނި ތިލައެއްގޮތަށް އޮތް މިފަރުގެ އެންމެ އަޑީގައި 1.5 ކިލޯ މީޓަރުގެ ފުޅާމިން ހުންނާނެއެވެ. މިހާ ހިސާބުން ފަރުގެ އެންމެ ތިލަ ހިސާބަށް އުސްމިން ހިސާބުކުރުމުން ފަރުގެ އުސްމިނުގައި 500 މީޓަރު ހުންނައިރު، ފަރުގެ އެންމެ ތިލަ ހިސާބު އިންނަނީ ކަޑުގެ ސަތަހައިން ފެށިންގެ 40 މީޓަރު އަޑީގައެވެ.

އޮސްޓެރޭލިއާގެ ގްރޭޓް ބެރިއަރ ރީފް އޮންނަ ސަރަހަދަކީ މިގޮތަށް ވަކިވެފައި އޮންނަ ފަރުތައް ވަރަށް ގިނައިން މީގެކުރިންވެސް ފެނިފައިވާ ސަރަހައްދެކެވެ. މީގެ ތެރޭގައި މަޝްހޫރު ރެއިން އައިލޭންޑުގެ ފަރު ހިމެއެވެ. މިފަރަކީ ވެލާ ބިސްއަޅާ އަލާވުމަށް މަޝްހޫރު ފެރެކެވެ.

މިފަރު ފެނުނު ރިސާޗް ޓީމުގެ އެންމެ އިސް ސައިންސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ، ރޮބިން ބީމަން ބުނެފައިވާ ގޮތުގައި މިފަރު ފެނުމަކީ ހައިރާންކުރުވަނިވި ހޯދުމެކެވެ. ސަބަބަކީ މިފަދަ ފަރެއް 3Dކޮށް ޗާޓުން އެކަނި ފެނުމުގެ ބަދަލުގައި މި ހޯދުން ރޮބޮޓެއް ބޭނުންކޮށްގެން ހަމަލޮލަށް ފެނިގެންދިއުމަކީ އާދަޔާއި ޚިލާފުކަމެކެވެ.

ދުނިޔޭގަ އޮތް އެންމެ ބޮޑު ފަރުކަމުގައިވާ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފަކީ 133،000 އަކަ މޭލުގެ ސަރަހައްދަކަށް ފެތުރިފައި އޮންނަ، 1500 ވައްތަރުގެ މަސްމަހާ މެއްސާއި، 411 ބާވަތެއްގެ މުރަކަތަކެއްގެ އިތުރުންވެސް ކަޑުގައި ދިރިއުޅޭ ދިރުންހުރި މިނޫނަސް އެތަކެއް ބާވަތެއްގެ މައްޗަށް އެކުލެވިފައި އޮންނަ ފަރެކެވެ.

އެހެންނަމަވެސް، ސައިންސްވެރިން ބުނާގޮތުގައި މިފަރު މިއަދު އޮތީ ބޮޑު ގޮންޖެހުމެއްގެ ތެރޭގައެވެ. މިގޮތުން ފާއިތުވެދިޔަ 30 ވަރަކަށް އަހަރުގެ ތެރޭގައި މިފަރުގެ މުރަކައިގެ އާބާދީގެ %50 ވަނީ މަރުވެފައެވެ. މައިގަޑު ސަބަބެއްކަމުގައި ސައިންސްވެރިން ބުނަމުން އަންނަނީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.